ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނީ، އެ މައްސަލަ ފުލުހަށް ހުށަހެޅުމާ އެކު އެ މީހާ ރާއްޖެއިން ފިލައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.
ތަފްސީލް - އެ މައްސަލާގައި ހޯދަނީ އިޒްޔާން އަބްދުލްހަމީދު، 38، ރާހި/ފ.ނިލަންދޫ އެވެ.
އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާ އެކު ކުށުގެ ތުހުމަތުކުރެވޭ މީހުން ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ.
މިއީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ