ރާއްޖެއަށް ވަގަށް އެތެރެކުރި 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ 2.3 މިލިއަނަށް ވުރެ ސިނގިރޭޓް ސްޓިކް މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގަތީ މާލޭގެ ވިޔަފާރި ބަނދަރުން ކަމަށެވެ. އެއީ 230 އަށް ވުރެ ގިނަ ކޭސް ސިނގިރެޓެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ރާއްޖޭގައި އާއްމުކޮށް ސިނގިރޭޓެއް ވަކިން ވިއްކާ އަގަށް ބަލާއިރު، ވަގަށް އެތެރެކުރި ސިނގިރޭޓުގެ އަގު 32 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ވަގަށް ސިނގިރޭޓް އެތެރެ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އަދި ވަގަށް އެތެރެ ކުރަނިކޮށް ހިފަހައްޓާފައި ހުރި ސިނގިރެޓް ކޮންޓެއިނަރެއް ގެއްލުނު މައްސަލާގައި ބައެއް މީހުންނަށް ދައުވާކޮށްފައިވެ އެވެ.
ވަގަށް އެތެރެކުރި 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ