ދ.މީދޫ ކައުންސިލް ރައީސް އިންތިހާބު: ގިނަ ބަޔަކު ވޯޓުލައިފި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 85 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ހެނދުނު 8:00 އިން ފެށިއިރު، ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. މީދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މީހަކު ހޮވަން އަލުން ވޯޓުލާން ޖެހުނީ ދެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވުމުންނެވެ. ސުހާ އާއި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ.  މިއަދުގެ އިންތިހާބުގައި 1049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އިންތިހާބުގައި ބަހައްޓަނީ ދެ ފޮށްޓެވެ. އެއީ މީދޫ އާއި މާލޭގައި ބަހައްޓާ ދެ ފޮށްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ