ވިލާ ސިމެންތިއަކީ ފާއިތުވި 26 އަހަރު އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ބޮޑު އިތުބާރެއް ހޯދާފައިވާ އެއް ނަމެވެ. މުޅި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ފެށިގެން، ރިސޯޓުތަކާއި އާންމުންގެ ގޭދޮރު އިމާރާތްކުރުމާ ހަމައަށް، ވިލާ ސިމެންތި ވެފައިވަނީ ކޮންޓްރެކްޓަރުންނާއި ބިލްޑަރުންގެ އެންމެ ފުރަތަމަ ހޮވުމެވެ.
ވިލާ ސިމެންތީގެ ހިއްސާ އޮތް މިންވަރު ގެދޮރު އިމާރާތްކުރުމާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ފެންނަން އެބައޮތެވެ. ރާއްޖޭގައި ހިންގާފައިވާ އަދި މިހާރު ވެސް ހިންގަމުންދާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ސިމެންތި ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ވަނީ ޕެކިން ކެޕޭސިޓީ ތަރައްގީކުރުމަށް ސްޓްރެޓެޖިކް އެޕްރޯޗަކާއެކު މަސައްކަތް ކޮށްފަ އެވެ.
ވިލާ ސިމެންތި ބޭނުންކޮށްފައިވާ މުހިންމު މަޝްރޫއުތައް:
ވިލާ ސިމެންތި ތަފާތުވާ އެންމެ ބޮޑު ސަބަބަކީ އެއީ ސީދާ ރާއްޖޭގައި ބަންދުކުރެވޭ ސިމެންތިއަކަށް ވުމެވެ. މީގެ މައިގަނޑު ފައިދާއަކީ ކޮންމެ ވަގުތަކުވެސް އެންމެ ތާޒާކަންމަތީ ބާޒާރަށް ސިމެންތި ފޯރުކޮށްދެވި، ބޭނުންކުރުމާ ހަމައަށް އޭގެ އެންމެ މަތީ ކޮލިޓީ ހިފެހެއްޓުމަށް މަގުފަހިވުމެވެ.
އަތޮޅުތަކުގެ ރަށްރަށަށް ކުރާ ދިގު ދަތުރުތަކުގައި ސިމެންތި އުފުލާއިރު، އޭގެ ފެންވަރު ނުގެއްލި ގަނޑުވުން ފަދަ މައްސަލަތަކުން ރައްކާތެރިކުރުމަށްޓަކައި ވިލާ ސިމެންތި ބަންދުކޮށްފައިވަނީ ހާއްސަ ދެ ފަށަލަ ހިމެނޭ ގޯނީގަ އެވެ.
މިފަދަ ރައްކާތެރި ފެންވަރެއްގައި ޕެކްކޮށްފައިވުމުން، ރަނގަޅު ގޮތުގައި ގުދަންކޮށްފިނަމަ އެއްވެސް ބަދަލެއް ނައިސް 90 ދުވަހުގެ މުއްދަތަށް ސިމެންތި ރައްކާކުރެވޭނެ އެވެ. މިއީ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކޮންޓްރެކްޓަރުންނަށާއި ޑިވެލޮޕަރުންގެ އިތުރުން އަމިއްލަ ގެ އިމާރާތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާ އިތުބާރެކެވެ.
ވިލާ ސިމެންތިއަކީ އައިއެސްއޯ 9001 ގެ މިންގަނޑުތަކަށް ފެތޭ އުފެއްދުމެކެވެ.
ވިލާ ސިމެންތިއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންގްލޯމެރޭޓް ކަމަށްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުނި، ވިލާ ހަކަތައިގެ "ފްލެގްޝިޕް" ބްރޭންޑެވެ. 2000 ވަނަ އަހަރުން ފެށިގެން ކޮންސްޓްރަކްޝަން ސާމާނާއި ސިނާއީ ޒަރޫރީ ތަކެތި ފޯރުކޮށްދެމުން އަންނަ ވިލާ ހަކަތައިގައި 16000 މެޓްރިކް ޓަނުގެ ލޫސް ސިމެންތި ރައްކާކުރެވޭއިރު، ޒަމާނީ މެޝިނަރީތައް ބޭނުންކޮށްގެން 50 ކިލޯގެ ސިމެންތި ބަންދުކުރެ އެވެ. އަދި ބޮޑެތި މަޝްރޫއުތަކަށް ޖަންބޯ ބޭގްގަ ވެސް ބަންދުކުރެ އެވެ. މި މަސައްކަތް ކުރަނީ ތިލަފުށީގަ އެވެ.
ސިމެންތީގެ އިތުރުން ވިލާ ހަކަތައިން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި،
ވޭތުވެދިޔަ 26 އަހަރުގެ ކާމިޔާބު ދަތުރަށް ބަލާއިރު، ވިލާ ސިމެންތިން ވަނީ ކޮންޓްރެކްޓަރުންގެ ފުރިހަމަ އިތުބާރު ހޯދައި، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ނަމޫނާ ބްރޭންޑަކަށް ވެފަ އެވެ. ރާއްޖޭގައި ބަންދުކުރުމުގެ ފައިދާއާއި، އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ރަނގަޅު ކޮލިޓީ، އަދި ރާއްޖޭގެ މޫސުމާ ގުޅޭ ގޮތަށް އުފައްދާފައިވުން، މިއީ މިއަދުވެސް އަދި މާދަމާވެސް، ދިވެހިންގެ ގައުމީ ބިނާތަކާއި ގެދޮރު ރޭނުމަށް ވިލާ ސިމެންތި އެންމެ އިތުބާރު ހުރި ހޮވުމުގެ ގޮތުގައި ދެމިއޮންނާނެ މުހިންމު ސަބަބުތަކެވެ.
ވިލާ ސިމެންތިއަށް 26 އަހަރު: އުމްރާނީ ތަރައްގީގެ އިތުބާރު ހުރި ބައިވެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ