ފުވައްމުލަކުގެ ޑްރަގް ނެޓްވޯކްގެ ބޮޑުންކަމަށް ތުހުމަތުކުރެވޭ މީހުން އަލުން ހައްޔަރުކޮށްފި

ހެއްކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތާއެކު، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ މީހުން އަލުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފާލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން މީގެން ކުރިން ފުލުހުން ވަނީ، މިމައްސަލައިގައި ތުހުމަތުކުރެވޭ ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި، އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ބުނެފައެވެ.
މިދެމީހުން ބަންދުން ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހު ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ