އައްޑޫގައި ބާއްވާ ފެއާއަކަށް ހުޅުވާލައިފި

ޅަ ވިޔަފާވެރިންނަށް ހާއްސަކޮށްގެން އައްޑޫގައި އަންނަ މަހު ބާއްވާ ފެއާއެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
'ޔަންގް އެންޓަޕްރެނާސް' ގެ ނަމުގައި ބާއްވާ މި ފެއާ އަކީ ޗިލްޑްރެންސް އޮމްބަޑްޕާސަންސް އޮފީހުން އިންތިޒާމުކޮށްގެން އައްޑޫ ސިޓާއި ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ފެއާއެކެވެ.
އަންނަ މަހުގެ 8 ވަނަ ދުވަހު ހިތަދޫ ސިޓީ ސްކެއާގައި ބާއްވަން ހަމަޖެހިފައިވާ ފެއާ ހާއްސަކޮށްފައި ވަނީ އުމުރުން 12-18 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެހެންވެ މިިއީ އެ އުމުރުފުރާގެ ކުދިންގެ އުފެއްދުންތަކާއި އެ ކުދިންގެ އާ ހިޔާލުުތައް ހުށަހަޅައި ދައްކާލައި އެ ތަކެތި މާކެޓްކޮށް، ވިއްކަން ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ޗިލްޑްރެންސް އޮމްބަޑްޕާސަންސް އޮފީހުން ބުންޏެވެ.
'ޔަންގް އެންޓަޕްރެނާސް ފެއާ' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 އާ ހަމައަށެވެ.
ޗިލްޑްރެންސް އޮމްބަޑްޕާސަންސް އޮފީހުން މި ފެއާގެ ފުރަތަމަ އެޑިޝަން މިދިޔަ އަހަރު ބޭއްވީ މާލޭގަ އެވެ. އެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ