ގޯއްޗާއި ފްލެޓަށް ކުރިމަތިލުން ފަސްކޮށްފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމަވައިފި އެވެ."ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ކުރިން ކަނޑައަޅާފައިވަނީ މިއަދެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ފުރުސަތު ހުޅުވައިލަން މިހާރު ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ވަރަށް ގިނަ ބަޔަކު ގޯއްޗާއި ފްލެޓަށް އެޕްލައި ކުރާނެ ކަމަށް ލަފާ ކުރެވޭތީ އާއި ހަފުތާ ބަންދާ ދިމާކޮށް ކުރިމަތިލާން ހުޅުވައިލުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ހުރެ ދާނެތީ ކަމަށެވެ.އެހެންވެ ގޯއްޗާއި ފްލެޓަށް އެދި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުޅުވައިލާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ