ތައުލީމާ އެކު ފާގަތި ގައުމެއް ބިނާ ކުރެވޭނެ: ރައީސް

ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމުގެ ބިންގާ ކަމަށާއި އޭގެ ސަބަބުން ގައުމަށް ފާގަތިކަން އަންނާނ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ތައުލީމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދެމެހެއްޓެނެވި ތަރައްގީ އާއި ދުނިޔޭގެ ތަރައްގީގެ ބިންގަލަކީ ތައުލީމު ކަމަށެވެ. އޭގެ ތެރެއިން، ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު ކަމަކަށް ތައުލީމް އިސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި 6،000 އަށްވުރެ ގިނަ ދަރިވަރުން ސަރުކާރުގެ ފުރަތަމަ ޑިގްރީ ކޯހުގެ ދަށުން ދަސްވެނިވެފައިވާ ކަމަށެވެ. މަތީ ތައުލީމުގެ ލޯނަށް ވެސް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރަށް، ދަރިވަރުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި އެ ކުދިންގެ މުސްތަޤުބަލު ބައްޓަންކުރުމެއް ނޫން ކަމަށާއި އެއީ ހަރުދަނާ ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ލިޔުއްވާފައިވެ އެވެ.އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކޮންމެ ދަރިވަރަކީ ވެސް ކާމިޔާބު މީހަކަށްވެ، އެ ކުއްޖަކަށް ޤައުމީ ތަރައްޤީގައި ފުރިހަމައަށް ހިއްސާވެވޭނެ މަގު ފަހިކޮށްދެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ