ބީއެމްއެލްއިން އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ ގޮތް ހަދައިފި

އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރޯދަމަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މި އަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.
ތަފްސީލް - އުމްރާވެރިންނަށް ޑޮލަރު ވިއްކާނެ ތަނަކީ:
އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަ ސާވިސް ސެންޓަރުގެ އެންމެ ތިރީ ބުރިން؛ މި ހިދުމަތް ހޯދުމަށް އެ ސެންޓަރުން ނަމްބަރު ނެގޭނެ
މި ހިދުމަތް ދޭ ދުވަސްތަކުގައި، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗު، މެއިން ބްރާންޗު، ހުޅުމާލެ ބްރާންޗު އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލާނެ 
އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗުތަކުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެ
މި ހިދުމަތް ދޭނެ މުއްދަތާއި ވަގުތަކީ:
މި މަހު 8 އިން 26ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30އަށް
ބީއެމްއެލް އިން ވަނީ ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ މީހުންނަށް
ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެ
އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަ ނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ
ކޮންމެ އުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު
ކޮންމެ އުމްރާވެރިއަކަށް ވެސް ޖުމްލަ 5 އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ
ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން
އެހެން އުމްރާވެރިންނަށް ޑޮލަރު ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ނެގޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ