ކާވާ ވިމެންސް ލީގު މާދަމާ ފަށަނީ، ޓިކެޓުގެ އަގު 25 ރުފިޔާ

ސެންޓްރަލް އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ކުލަބުތައް ވާދަކުރާ "ކާވާ ވިމެންސް ލީގު 2026" މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ. ރާއްޖޭގެ ދެ ކުލަބެއް ވާދަކުރާ މި މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ޖުމްލަ ހަ ގައުމަކުން ހަތް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ގްރޫޕުގެ ތެރެއިން ރާއްޖޭގެ ކުލަބު ވެމްކޯ ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ވެމްކޯއާއެކު ދެން ހިމެނެނީ ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބާއި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާންގެ އިތުރުން އުޒްބަކިސްތާނުގެ ހުމޯ ވީސީ އަދި ނޭޕާލް ޕޮލިސް ކުލަބެވެ. ހޫމޯ ވީސީއާއި ނޭޕާލް ޕޮލިސް ކުލަބަކީ 2024 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ނޭޕާލެވެ. މުބާރާތުގެ މެޗު ޝެޑިއުލް މިއަހަރުގެ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ. ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ