މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން މިދިޔަ ޖެނުއަރީގައި މާލެ އާއި ގއ.ގެ އަތޮޅުތަކުގައި ހިންގި ހަރަކާތުގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ތަފްސީލު - ރާއްޖެއިން ޑްރަގު ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި 'އޮޕަރޭޝަން އަލިމަގު'ގައި މާލެ އާއި ގއ.ގެ ރަށްތަކުގައި ފުލުހުން އޮޕަރޭޝަނެއް ހިންގީ 11 ޖެނުއަރީގަ އެވެ.
އެ އޮޕަރޭޝަންގައި 10 ގެއެއް ބަލައިފާސްކޮށް، ހަތަރު މީހުން ހައްޔަރުކުރި އެވެ. އެއީ:
ޝައްފާހު ލަތީފު (28އ)، ޝެވޯނާ/ ގއ. ވިލިނގިލި
އަހްމަދު މަދީހު (33އ)، މިއުޒިކީއާގެ/ ގއ. ވިލިނގިލި
އަހްމަދު އަނާމް އިބްރާހިމް (30އ)، އައިޒަން/ ގއ. ވިލިނގިލި
ނޫރުއްނިޒާމް (35އ)، އަރާއިރުގެ/ ގއ. ވިލިނގިލި
ފުލުހުން ބުނީ އެ ހަތަރު މީހުންގެ މައްސަލައިގެ ތަހުގީގު ނިމި، ދައުވާ ކޮށްދިނުމަށް އެދި މިއަދު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެ ހަތަރު މީހުންގެ ތެރެއިން އަނާމް އަކީ ހައްޔަރުކުރިއިރު އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.
އޮޕަރޭޝަން އަލިމަގު: 4 މީހަކަށް ދައުވާކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ