މިދިޔަމަހު ޓެކްސްގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރައްވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 އިންސައްތަ އިތުރުވުމަކީވެސް ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހުގެ އާމްދަނީ މައްޗަށް ދިއުމަށް މެދުވެރިވި ސަބަބެކެވެ.
- ޖީއެސްޓީ: 2.4 ބިލިއަން ރުފިޔާ
- ރިޒޯޓްތަކުގެ ކުލި: 440 މިލިއަން ރުފިޔާ
- ގްރީން ޓެކްސް: 312 މިލިއަން ރުފިޔާ
- އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 271 މިލިއަން ރުފިޔާ
- ޑިޕާރޗަރ ޓެކްސް: 248 މިލިއަން ރުފިޔާ
- އާމްދަނީން ނަގާ ޓެކްސް: 198 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ