ޑުރަގް ވިޔަފާރިން 300 މިލިއަން ރުފިޔާ ދައުރުކުރި ނެޓްވޯކެއްގައި އުޅޭކަމަށް ބުނާ ބަޔަކަށް ދައުވާކުރަން ފޮނުވައިފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ. ފުލުހުން ބުނީ "އޮޕްރޭޝަން ކުރިމަގު" ގެ ދަށުން މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ: ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާޙް ލަޠީފް (28އ)، ގއ. ވިލިނގިލި، މިޔުޒިކީއާ، އަޙްމަދު މަދީޙު (33އ)، ގއ. ވިލިނގިލި، އައިޒަން އަޙްމަދު އަނާމް އިބްރާހީމް(30އ) ގއ. ވިލިނގިލި، އަރާއިރު، ނޫރުއްނިޡާމް (35އ) ގެ މައްޗަށެވެ. https://sun.mv/216616 މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މި ނެޓްވޯކްގެ މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް، ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ