ޕްރަޖްކަތާ ލިޔުނު ވާހަކައަކަށް ބިނާކޮށް ނެޓްފްލިކްސްއިން ވެބް ސީރީސްއެއް އުފައްދަނީ
އިންޑިއާގެ މަޝްހޫރު ބަތަލާ އަދި ޔޫޓިއުބަ ޕްރަޖަކްތާ ކޯލީ އަލަށް ނެރުނު ވާހަކަ ފޮތް "ޓޫ ގުޑް ޓު ބީ ޓްރޫ" އަސްލަކަށް ބަލައިގެން ނެޓްފްލިކްސްއިން ވެބް ސީރީޒްއެއް އުފެއްދުމަށް ނިންމައިފިއެވެ. ވެރައިޓީ އިންޑިއާއިން ހާމަކޮށްފައިވާ ގޮތުން މި ސީރީޒްގެ ލީޑް ރޯލްއިން ފެންނާނީ ޚުދު ޕްރަޖަކްތާއެވެ. އަދި ހަމަ އެއާއެކު މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ޕްރަޖްކަތާ މަސައްކަތްކުރާނެ ކަމަށް ވެރައިޓީ ނޫހުން ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާގޮތުން މި ވެބް ސީރީސްގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ނެޓްފްލިކްސްއިން އަންނަނީ ތައްޔާރުވަމުންނެވެ. ޕްރަޖަކްތާ ވެބް ސީރީސް "މިސްމެޗްޑް"ގެ އެކްޓަރު ރޯހިތު ސަރަފްއާ އެކު--ފޮޓޯ/އެންޑީޓީވީ ޕްރަޖަކްތާގެ ފުރަތަމަ ލޯބީގެ ވާހަކަ "ޓޫ ގުޑް ޓު ބީ ޓްރޫ" ހާޕަ ކޮލިންސް އިންޑިއާއިން ޝާއިއުކޮށްފައި ވަނީ 2024 ވަނަ އަހަރުއެވެ. މި ވާހަކައިގެ ޕްލޮޓް ބިނާކޮށްފައި ވަނީ ފޮތް ފިހާރައެއްގައި މަސައްކަތްކުރާ މިނިވަން ވިސްނުމެއްގެ ގާނޫނީ ދާއިރާގެ ދަރިވަރަކާއި ހުރިހާ ގޮތަކުން ފުރިހަމަ ކަމަށް ފެންނަ މުއްސަނދި ސީއީއޯއެއްގެ މެދުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށެވެ. ކޮންޓެންޓް އުފެއްދުމުގެ އިތުރުން ނެޓްފްލިކްސްއިން ގެނެސްދިން ކާމިޔާބު ވެބް ސީރީސް "މިސްމެޗްޑް"ގެ ބަތަލާ އަކީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެތެރޭގައި "ޖުގް ޖުގް ޖީޔޯ"، "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަދި "ސިންގަލް ޕާޕާ" ފަދަ ފިލްމުތައް ހިމެނެއެވެ. ޕްރަޖަކްތާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ރޯހިތު ސަރާފްއާ އެކު ލީޑް ރޯލް ކުޅުނު ނެޓްފްލިކްސްގެ "މިސްމެޗްޑް"ގެ ތިން ވަނަ ސީޒަނުންނެވެ. "މޯސްޓްލީ ސޭން" ގެ ނަމުގައި ހިންގާ ޔޫޓިއުބް ޗެނަލުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރަޖަކްތާ ބޮލީވުޑަށް ތައާރަފްވީ ވަރުން ދަވަންގެ "ޖުގް ޖުގް ޖީޔޯ" އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ