މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ގައްބަރޭ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
ކެފޭއެއްގެ ތެރޭގައި މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކޯޓުން 30 ދުވަހަށް ކުރިން އިތުރުކުރި އެވެ. އޭނާ ހައްޔަރުކުރީ އޭނާ ހޯދަން އިއުލާންކޮށްފައި ވަނިކޮށް އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.
ކޯޓުން ގައްބަރޭ ދޫކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ.
ގައްބަރޭއަކީ މީގެކުރިން ވެސް އެފަދަ ބައެއް މައްސަލަތަކުގައި ހައްޔަރުކުރި މީހެކެވެ.
މެމްބަރު ޒަރީރަށް ހަމަލާދީފައިވަނީ ގްރޫޕަކުންނެވެ. ނަމަވެސް އެ މައްސަލާގައި އިތުރު ބަޔަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ