ޝަހީދު ޙުސައިން އާދަމްގެ ބައްޕަ ނިޔާވެއްޖެ
ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އާދަމް މުޙައްމަދު ނިޔާވެއްޖެއެވެ. ހދ. ކުޅުދުއްފުށީ ކައުންސިލް މެންބަރު މުހައްމަދު ދާވޫދު "ސަން"އަށް ވިދާޅުވީ އާދަމް އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ކުޅުދުއްފުށީގައި އަބަދު ވެސް ދިރިއުޅުއްވި، އާދަމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއްވީ ފަހުން ކަމަށް ދާވޫދު ވިދާޅުވިއެވެ. ސިފައިންގެ ޚިދުމަތުގައި އުޅެނިކޮށް، އުމުރުން 19 އަހަރުގައި ހުސައިން އާދަމް ޝަހީދުވީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ބަޔަކު ނޮވެންބަރު 3, 1988ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި، ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ