މެމްބަރު ޝިޔާން އެނބުރި އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) އެމްޑީޕީއާ މިރޭ އަލުން ގުޅިވަޑައިގެންފި އެވެ.
މެންބަރު ޝިޔާން އަކީ އެމްޑީޕީގެ ޓިކެޓްގައި ތޮއްޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.
އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވުމަށްފަހު އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސްބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފެއްދެވި ދަ ޑިމޮކްރެޓިކްސްއާ ޝިޔާން ވަނީ ގުޅިވަޑައިގެންފައެވެ.
ނަޝީދުގެ ވަރަށް އަރިސް މެންބަރެއް ގޮތުގައި ހުންނެވި ޝިޔާން ވަނީ ނަޝީދާއި ދަ ޑިމޮކްރެޓިކްސް ދޫކޮށް މިރޭ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޝިޔާން ނަޝީދާއި ދަ ޑިމޮކްރެޓިކްސް ދޫކޮށްލައްވައި އެނބުރި މިރޭ އެމްޑީޕީއާއި ގުޅިވަޑައިގެން މެންބަރޝިޕް ފޯމް ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް އާއި ހަވާލުކުރައްވާފައިވާއިރު، ކުރިން އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓިކްސް އަށް ގުޅިވަޑައިގަތް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ