ރާއްޖެތެރެއަށް ޒިޔާރަތް ކޮށް، މިސަރުކާރުގެ ސަބަބުން، ރައްޔިތުން ހާލު ގައި ޖެހިފައިވާ މިންވަރު ވަޒަންކޮށް، އިތުރަށް ނިކަމެތި ކުރުމަށް، އެތެރޭގެ އުދުހުންތަކުގެ އަގު މުއިއްޒު އިންތިހާއަށް ބޮޑު ކޮށްފިއެވެ. ރައީސް މުއިއްޒު މަސައްކަތް ކުރަމުން ދަނީ ރައްޔިތުން އިންތިހާއަށް ފަގީރު ކޮށް، ހާލުގައި ޖައްސާފައި ބަހައްޓައިގެން އޭގެ ނާޖާއިޒު މަންފާ ވޯޓު ގަތުމަށް ހޯދުމަށެވެ.
2028 ގައި ހާލުގައި ޖެހިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާ ދީގެން ވޯޓު ގަނެ އެއްބުރުން، ވޯޓު ލުމުގެ މަސައްކަތް ނިންމަން މުއިއްޒު ވަނީ ނިންމާފައެވެ.
އެތެރޭގެ އުދުހުން ތަކުގެ އަގުތަކަށް %10 އާއި %15 ދެމެދުގެ އިތުވުމެއް ވަނީ އައިސްފައެވެ.
ފްލައިޓްތަކުގެ އަގު މިވަގުތު ކުއްލިއަކަށް ބޮޑު ކުރި އަނެއް ސަބަބަކީ، މުޒާހަރާއަށް އަމިއްލަ ގޮތުން މާލެ އަށް ދަތުރުކޮށް އައި ފަރާތްތަކަށް ޖެއްސުން ކުރުމަށް ކަމަށްވެސް ބެލެވެއެވެ.
ވޯޓު އޮޅުވާލައި ވެރިކަމުގައި އުމުރު ދުވަހު ހުރުމަށްޓަކައި، މުއިއްޒު ދަނީ އީ-ވޯޓިންގ ގެނައުމާއި، އެއްބުރުން ވޯޓު ނިންމުމާއި، މަޖިލީސް އިލެކްޝަނާއި ރިޔާސީ އިންތިހާބާއި އެއްކޮލުން ފަދަ ބޮޑެތި ބަދަލުތައް އެއްފަހަރާ ގެނައުމަށް ރާވާފައެވެ. އެކަން ހާސިލު ކުރުމަށް ރައްޔިތުން ވީހާވެސް ބޮޑަކަށް ނިކަމެތި ކުރުމަށް ތަކެތީގެ އަގު ބޮޑުކޮށް، ޓިކެޓުގެ އަގު ބޮޑު ކޮށް މުއިއްޒުގެ އަރިހަށް އާދޭން ދަންނަވަން ރައްޔިތުން ގެނައުމަކީ މުއިއްޒުގެ އަމާޒު ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މުއިއްޒު ވެރިކަމަށް އައީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރާނެ ކަމަށް ވައުދު ވެގެންނެވެ. ނަމަވެސް މުއިއްޒު ވެރިކަމަށް އައުމަށް ފަހު އެތެރޭގެ އުދުހުންތަކުގެ އަގު މިހާރު މިވަނީ 3 ވަނަ ފަހަރަށް ބޮޑު ވެފައެވެ.
ރާއްޖެތެރެއަށް ޒިޔާރަތް ކޮށް، މިސަރުކާރުގެ ސަބަބުން، ރައްޔިތުން ހާލު ގައި ޖެހިފައިވާ މިންވަރު ވަޒަންކޮށް، އެތެރޭގެ އުދުހުންތަކުގެ އަގު މުއިއްޒު އިންތިހާއަށް ބޮޑު ކޮށްލީ، އިތުރަށް ނިކަމެތި ކުރުމަށްތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ