ރާއްޖޭގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އަފްތާބަށް ވީގޮތެއް ބެލުމަށް އިންޑިއާގެ ދިއްލީ ހައި ކޯޓުން އެންގުމެއް

މި އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ފީނަން ގޮސް އުޅެނިކޮށް ރ. އަތޮޅުގެ ރިސޯޓަކުން ގެއްލުނު އިންޑިއާ ރައްޔިތެއް ކަމުގައިވާ، އުމުރުން 24 އަހަރުގެ އަފްތާބް ޚާނަށް ވީ ގޮތެއް ބެލުމަށް އިންޑިއާގެ ހައިކޯޓުން އިއްޔެ އެންގުމެއް އަންގައިފިއެވެ.
އަފްތާބްގެ އާއިލާއިން އެ މައްސަލަ ދިއްލީ ހައިކޯޓަށް ވެއްދުމުން ދިއްލީ ހައިކޯޓުން އިއްޔެ ދިއްލީ ސަރުކާރަށް އަންގާފައިވަނީ އަފްތާބަށް ވީ ގޮތެއް ބެލުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މުއާމަލާތް ކުރާނެ ހާއްސަ އޮފިޝަރަކު ކަނޑައެޅުމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތުދެމުން އަފްތާބުގެ ކޮއްކޮ މުޖީބު ޚާން ބުނެފައިވަނީ ފީނަން ގޮސް އުޅެނިކޮށް އޭނާގެ ބޭބެ ގެއްލުނީކަމަށް އާއިލާއަށް އެންގުމުން އޭނާ، ލޯޔަރަކާއެކު ރާއްޖެ އައިސް އެ ރިސޯޓަށް ދިޔަ ކަމަށާއި ނަމަވެސް ބޭބެގެ ފޯނާއި ސީސީޓީވީ ފުޓޭޖް ދޭން އެ ރިސޯޓުން އިންކާރު ކުރި ކަމަށެވެ.
”މުޅި އާއިލާ ބަރޯސާ ވަނީ އަފްތާބުގެ ވަޒީފާއާ މުސާރައަށް، އަފްތާބު ގެއްލުނީ ކަމަށް، ރިސޯޓުން އޮއްޓަރު ހުރި ހެއްކެއް ނުދައްކާ“ މުޖީބު ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެ ދުވަހު އަފްތާބާއެކު ޕަރަމްޖީތު ނަމަކަށް ކިޔާ މީހަކުވެސް ފީނަން ދިޔަކަމަށް ރިސޯޓުން ބުނާކަމަށާއި ޕަރަމްޖީތު މިވަގުތު އޮތީ ވާހަކަ ނުދެއްކޭ ހާލަތުގައި ހޮސްޕިޓަލުގައިކަން އެނގިފައިވާކަމަށްވެސް މުޖީބު ބުނެފައިވެއެވެ.
އިންޑިއާގެ ހައިކޯޓުން އެ މައްސަލައިގާ އެންގީ އެ މައްސަލައަށް ހާއްސަ ”ނޯޑަލް އޮފިޝަރަކު“ ހަމަޖެއްސުމަށެވެ. ނޯޑަލް އޮފިޝަރުންނަކީ ވަކި މައްސަލަތަކަށް ހާއްސަކުރާ އޮފިޝަރުންނަށް ކިޔާ ނަމެކެވެ.
އިފުރު އައިލެންޑް ރިސޯޓުން ފީނަން ދިޔަ އަފްތާބު ހޯދަން ދިވެހި ފުލުހުންނާއި ސިފައިން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ފަހުން އެ އޮޕަރޭޝަންގެ މައުލޫމާތު ފުލުހުންނާއި ސިފައިން ހާމަކޮށްފައެއް ނުވެއެވެ.
އަފްތާބަކީ އެ ރިސޯޓުގައި ކައްކާއެއްގެ ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ