މިރޭ ވެސް އެމްޑީޕީގެ އިހުތިޖާޖު ހޫނުވެ، ބަޔަަކަށް އަނިޔާވެއްޖެ
އިދިކޮޅު އެމްޑީޕީން މާލޭގައި ކޮންމެ ރެޔަކު މިހާރު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ އިހުތިޖާޖުތަކުގެ ތެރެއިން މިރޭގެ އިހުތިޖާޖު ވެސް ހޫނުވެ ފުލުހުންނާ ކުރިމަތިލުމެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ. ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކޮންމެ ރެޔަކު ވެސް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. ޝުއޫރު ފާޅުކުރުމުގެ ގޮތުން އިހުތިޖާޖުގެ ބައިވެރިން މަގުމައްޗަށް ނިކުމެ، ހިނގައިލުން ވެސް ކުރިއަށް ގެންދެއެެވެ. އެ ހިނގައިލުންތައް ހުއްޓުވުމަށް ޓަކައި އެސްއޯ ފުލުހުން ކޮންމެ ރެއަކު ވެސް އެ ސަރަހައްދަށް ދެއެވެ. އެއާއެކު ސޯޝަލް މީޑިއާގައި މިރޭ ދައުރުވަމުން އަންނަ ވީޑިއޯތަކުގައި މިރޭގެ އިހުތިޖާޖު ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތެރޭ ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. https://x.com/MDPofficials/status/1899897952866590820 އެގޮތުން މީހެއްގެ ބޮޑުވައި އިނގިލި ފިތި، ވަރަށް ބޮޑަށް ނިޔަފަތިގަނޑު ނެއްޓި ޒަޚަމްވެފައިވާ ތަން ފެންނަ ވީޑިއޯއަކާއި، އިހުތިޖާޖުގެ ބައިވެރިން ފަހަތަށް ޖައްސަން، ފުލުހުން އެ މީހުން ކޮށްފައި ހަދައި ވީޑިއޯއެއް ވެސް އަންނަނީ ދައުރުވަމުންނެވެ. މިދިޔަ ދެ ރޭ ވެސް އެމްޑީޕީން ވަނީ މިފަދަ އެއްވުންތައް ބާއްވައިފައެވެ. ކުއްލި އެއްވުމުގެ ނަމުގައި ބާއްވާ މި އެއްވުމުގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ. މި އެއްވުންތައް ކުރިއަށް ގެންދަނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހާއި، އިގްތިޞާދީ ހާލަތު އޮތް ގޮތާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ. މި އެއްވުންތަކުގައި ސަރުކާރުގެ ވެރީންގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ