އަލިފާން ކޮންޓްރޯލް ކުރަން އެހީވި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

މި ހާދިސާ ހިނގުމާއެކު ސީންއަށް އަވަހަށް އެޓެންޑްކޮށް އެހީތެރިވެފައިވަނީ އެ ކުުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުޙައްމަދު އައިހަމް އަދި އަޙްމަދު އާތިފު އެވެ.
އެމްޕީއެލްގެ ޕޯޓްރެސިޑަންސްގެ އެޕާޓްމަންޓެއްގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި މުހިންމު ދަރުރެއް އަދާކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ މި ހާދިސާއިން ސަލާމަތްވުމަށްޓަކައި ވަގުތުން ސީއަށް ގޮސް ފުރަތަމަ އިޖާބަ ދީފައިވަނީ އެ ކުުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުޙައްމަދު އައިހަމް އަދި އަޙްމަދު އާތިފެވެ.މި ދެ މުވައްޒަފުންގެ ދެއްކި ހިތްވަރާއި، އަވަސް ހަރަކާތުގެ ސަބަބުން، އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓުރޯލްވެ، އެ ހާދިސާގައި ބޮޑު ގެެއްލުމެއް ކުރިމަތިވުމުގެ ކުރިން އަލިފާން ނިއްވާލެވުނެވެ.އަލިފާނުގެ ހާދިސާގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ މިއަދު އެ ދެ މުވައްޒަފުންނާއި ބައްދަލުކޮށްފަ އެވެ. 
އެ ދެ މުވައްޒަފުން ކުރި އަގުހުރި ޚިދުމަތަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ. މި އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރު ނަވާޒް މުޙައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުންގެ ކުރި މަސައްކަތުގެ އަގު ވަޒަންކޮށް މެނޭޖްމަންޓައި މުވައްޒަފުން އަދި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ޝުކުރު އަދާކުރަމެވެ.އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް މި ފަދަ ނަމޫނާ މުވައްޒަފުންނަށްވުމަށް ކުންފުނިން ހިތްވަރު ދެމުންދާ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ