އޭ މީސްތަކުންނޭވެ! الله އަށް ބިރުވެތިވެ އެކަލާނގެއަށް ކިޔަމަންތެރިވާށެވެ! ސަބަބަކީ ތަޤްވާވެރިކަމަކީ އަގުހުރި އިނާމެކެވެ. ހަމަކަށަވަރުން އެންމެ ވިސްނުންތޫނު މީހަކީ އަމިއްލަ ނަފްސަށް ޙިސާބުކޮށް، މަރުވުމަށްފަހު ކުރިމަތިވާނެ ކަންކަމުން ސަލާމަތްވާން މަސައްކަތްކޮށް، الله ގެ އަލިކަމުގެ (ހިދާޔަތުން) ކައްވަޅުގެ އަނދިރިކަމަށް އަލިކަމެއް ހޯދާ މީހާއެވެ.
لله ގެ އަޅާ ބިރުގަންނަން ޖެހޭނީ އޭނާއަކީ ކުރިން (ދުނިޔޭގައި ހުރިއިރު) ލޮލަށް ފެނުނު މީހެއް ނަމަވެސް މާތްالله އޭނާގެ ލޯފަން މީހެއްގެ ގޮތުގައި ދިރުއްވާފާނެ (މަޙްޝަރުކުރައްވަވައިފާނެ) ތީއެވެ. ޙިކުމަތްތެރި މީހަކަށް ފުރިހަމަ މަދު ބަސްކޮޅަކުން ފުދޭނެ ކަމުގައި ވިޔަސް، ބީރުކޮށްގެންހުރި ކަންފަތަކަށް (ހިދާޔަކަން އަޑުއަހައި ޤަބޫލުނުކުރި މީހަކަށް) ފަހުން އަޑުއެހުމުގެ ކުޅަދާނަކަން ލިބުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.
އަދި الله ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވެގެން ހުރި މީހަކަށް ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނެތްކަން ދަންނާށެވެ! އެކަމަކު އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ އެންމެ މަތިވެރިވަންތަ الله ތަޢާލާ ގެ އަމުރުފުޅުތަކަށް ބިރުވެތިނުވެ، ކިޔަމަންތެރިނުވެފައި ދެން الله ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އުންމީދު ކުރެވޭނީ ކާކަށް ހެއްޔެވެ؟!
މިބަސްފުޅަކީ ޢުޘްމާން ބިން ޢައްފާން މީސްތަކުންނަށް އެންމެ ފަހުން ކުރެއްވެވި ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ބަސްފުޅެއް ކަމަށް ބަޔާންވެގެންވާ ބަސްފުޅެކެވެ. އާޚިރަތް ލިބިގަންނަން ކުރަންޖެހޭ މަސައްކަތްކުރުމަށް އިސްކަންދޭންވީ މިންވަރާއި ވަޤުތު ފާއިތުނުވަނީސް ތައުބާވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުގެ މުހިންމުކަން މިބަސްފުޅުން އެނގިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޢުޘްމާންގެފާނު އެންމެ ފަހުން މީސްތަކުންނަށް ކުރެއްވެވި ވަޞިއްޔަތްފުޅުތަކުގެ ތެރެއިން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ