ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައްސަލަތައް ބަލައިގަންކަމުގެ އެސް.އެމް.އެސް ފޯނަށް ފޮނުވަން ފަށައިފިއެވެ.
އެ ވުޒާރާ އިން ބުނީ އެ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައި، ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، ލިބުނު ޚިދުމަތުގެ ފެންވަރާއި، އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
އެގޮތުން، އެވުޒާރާއަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެފަރާތަށް އެނގޭނެ ގޮތެއް ނެތުމާއި އެ ކަމާގުޅޭ ގޮތުން އަދާހަމަ މަޢުލޫމާތު ލިބުމުގައި ލަސްތަކެއްވާތީ ކަމަށެވެ.
Advertisement
އެހެންކަމުން، އެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެވުޒާރާއިން އަމިއްލަ ފަރާތްތަކުން މި ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނުނަންބަރަށް އެސް.އެމް.އެސްގެ ޒަރީޢާއިން އިން ލިބޭނެ ނިޒާމެއް މިހާރު ތަޢާރަފުކުރެވިފައިވާ ކަމަށެވެ.
އިތުރަށް އެވުޒާރާއިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަ ވާނެހެން، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ފޯނަށް ފޮނުވަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ