ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައިގައި މީހަކު ހޯދަނީ
ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އާންމުންގެ އެހީއަށް އެދެފިއެވެ. މި މައްސަލައިގައި ފުލުހުން ވަނީ ޑިސެންބަރު 27، 2024ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދުމަށް އިއުލާންކޮށް އޭނާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. https://x.com/PoliceMv/status/1886287462978502858 ފުލުހުން ވަނީ މި މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ. ސައްހަ ނޫން ޓްރާންސްފާ ސްލިޕްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، ފުލުހުންގެ އިކޮނަމިކް ކްރައިމްސް ޑިޕާޓްމަންޓުން އަންނަނީ ސްކޭމްތަކާގުޅޭ ގިނަ މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ