ތެވެލި ކޮންފަރެންސް: އިލްމީ އާ ހޯދުންތަކުގެ އަލި މުޅި ދުނިޔެއަށް

'ތެވެލި' މި ބަހުގެ މާނައަކީ "އިރުހަނދު އަރައިގެން އަންނައިރު ނުވަތަ އޮއްސެންދާއިރު އުދަރެހުން ފެށިގެން ރިހިކުލައިގެ ނުވަތަ ރަންކުލައިގެ ދޫލައެއްހެން ފެންގަނޑު މަތީގައި ފެތުރިފައި އޮންނަ އަލި" އެވެ.
އެމްއެންޔޫއިން ތަފާތު އެކި ދާއިރާތަކުން، އެކި މައްސަލަތަކާއި އޭގެ ހައްލުތަކާ ގުޅޭގޮތުން ދިރާސާ ކަރުދާސް ހުށަހަޅައި މަޝްވަރާ ކުރުމަށް 2017 އިން ފެށިގެން ބާއްވާ ރާއްޖޭޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ މަހާސިންތާއަށް 'ތެވެލި' ކީ އެ ސަބަބާ ހުރެ އެވެ. އެ ކޮންފަރެންސްގެ ބޭނުމަކީ އިލްމީ އާ ހޯދުންތަކުގެ 'އަލިކަން' ނުވަތަ 'ތެވެލި' ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކާއި މުޅި ދުނިޔެއަށް ފަތުރައިލުމެވެ.
އޮގަސްޓު 18 - 20އަށް ބާއްވާ 'ތެވެލި އިންޓަނޭޝަނަލް ކޮޮންފަރެންސް 2025'ގެ ތީމަކީ ތީމަކީ 'އިވޯލްވިން ޕެރަޑައިމްސް: މާޖިން ރިސާޗު، އެވިޑެންސް އެންޑް ޕްރެކްޓިސް' އެވެ.
މި ކޮންފަރެންސްގެ މަގްސަދުތަކަކީ:
ދިރާސާކުރާ ފަރާތްތަކާއި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުން
އެފަދަ ސަގާފަތެއް ދަރިވަރުންގެ މެދުގައި އަށަގެންނެވުން
ދިރާސާކުރާ ފަރާތްތަކާއި ބޭރުގެ ފުންނާބު އުސް ދިރާސާ ވެރިން އެއް ޕްލެޓްފޯމަކުން ގުޅުވައިލުން
ދިރާސާ ކުރުމުގެ އާ ގޮތްތަކާއި އާ ހިޔާލުތަކަށް ފުރުސަތު ހުޅުވަން މަގުފަހިކޮށްދިނުން
މިއަހަރުގެ ކޮންފަރެންސްގައި ވެސް އެމްއެންޔޫއިން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރާވަފަ އެވެ. އޭގެ ތެރޭގައި:
ބެޗެލާސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ހުރިހާ ދަރިވަރުންނަށް ހާއްސަކޮށްގެން ދަރިވަރުންގެ މެދުގައި ދިރާސާކޮށް ސައިންޓިފިކް ޕޭޕަރު ލިޔުމާއި ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ގާބިލްކަން އިތުރުކުރުމަށް ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމެއް ބާއްވާނެ؛ މި ސިމްޕޯޒިއަމް އޮންނާނީ 18 އޮގަސްޓުގައި
އެކި ދާއިރާތަކުން އިނގިރޭސި، ދިވެހި އަދި އަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެ 
ކޮންފަރެންސްގެ ކީނޯޓް ސްޕީކަރުންގެ ގޮތުގައި ވަޑައިގަންނަވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު އިލްމީ ބޭފުޅުން ނަންގަވައިދެއްވާ 'ޕޯސްޓް ކޮންފަރެންސް ސެޝަންސް' އޮންނާނީ 21 އޮގަސްޓުގައި
ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް:
ޕޭޕަރުތަކުގެ ތެރެއިން 'އައުޓްސްޓޭންޑިން ޕޭޕަރު އޮފް ދަ ކޮންފަރެންސް' އަދި 'އާލީ ކެރިއަރު ރިސާޗަރު' އެވޯޑް ދޭނެ
އެމްއެންޔޫގެ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކުގައި އެންރޯލްވެ ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމް ތެރެއިން 'އަންޑަގްރެޖުއޭޓް ރިސާޗު އެކްސެލެންސް އެވޯޑް' އަދި 'ބެސްޓް ފެކަލްޓީ އެވޯޑް' ވެސް ހޮވާނެ 
ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމްގެ އެބްސްޓްރެކްޓް ބުކް އަދި ތެވެލި 2025ގެ އެބްސްޓްރެކްޓް ބުކް ތެވެލި ކޮންފަރެންސް ވެބްސައިޓުގައި ޕަބްލިޝްކުރާނެ އެވެ. މިއަހަރުގެ ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމަށް އެމްއެންޔޫއިން ހުޅުވާލި ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެ އެވެ.
މީގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗު (އެމްއެންޖޭއާރު)ން މި ކޮންފަރެންސަށް ހާއްސަކޮށް ނެރޭ އަަދަދުގައި އެވޯޑްތަކަށް ހޮވޭ ކަރުދާސްތައް ޝާއިއުކުރުމަށް އެމްއެންޔޫއިން ވަނީ ނިންމާފަ އެވެ.
ތެވެލި ކޮންފަރެންސްގެ އިތުރު މައުލޫމާތު ބަލައިލަން:
އެމްއެންޔޫގެ ވެބްސައިޓު
ގުޅޭނެ ނަންބަރު: 3345424
އީމެއިލް އެޑްރެސް: [email protected]
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ