މިދިޔަ އަހަރު ޑްރަގް ވިޔަފާރީގެ މައްސަލަތަކުގައި 10.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ހުކުމް ކުރި

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ އެކިއެކި މައްސަލަތަކުގައި ޖުމްލަ 10.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި، މިދިޔަ އަހަރު ކޯޓުން ނިންމާފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއިގުޅޭ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޖުމްލަ 137 މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ކޯޓުން މައުލޫއީ ގޮތުން ބަލައި ހުކުމްކުރި މައްސަލަތަކުގެ ތެރެއިން ސާބިތުނުވާކަމަށް ހުކުމްކޮށްފައި ވަނީ އެންމެ ހަތް މައްސަލަ ކަމަށެވެ. އެހެންކަމުން ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ 95 ޕަސެންޓަށްވުރެ ގިނަ މައްސަލަތައް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.މިދިޔަ އަހަރު މައްސަލަ ސާބިތުވާ ކަމަށް ނިންމި މައްސަލަތަކުގެ ތަފާސްހިސާބު؛
ކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި ޝަރީއަތުގައި އިއުތިރާފްވި މައްސަލަތަކާއި، ފަރުވާގެ ފުރުސަތު ދިނުމަށް ދައުލަތުން ދައުވާތައް އަނބުރާ ގެންދިޔަ މައްސަލަތަކާއި، ދައުވާތައް މުރާޖައާ ކުރުމަށްފަހު މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ދައުލަތުގެ ފަރާތުން އަނބުރާ ގެންދިޔަ މައްސަލަތައް ވެސް ހިމެނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ