ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރު ނުވާނެ ގޮތް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ރައީސް އަންގަވައިފި

ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރުކޮށް ދިމާ ނުވާނެ ގޮތް ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް މިހެން އެންގެވީ، މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެންނެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފައިވާ ކަމަށެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ދެންމެ ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
މި މައްސަލަ ދެނެގަނެ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
މިކަމުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ