ނައިފަރު ގުރުއާން ކުލާހަށް ވަގްފު ފަންޑުން އެހީދޭން ނިންމައިފި
ގިނަ އަދަދެއްގެ ހާފިޒުން އުފައްދަމުން އަންނަ ނައިފަރު ގުރުއާން ކިލާހަށް ވަގްފު ފަންޑުން އެހީދޭން ނިންމައިފި އެވެ.އެ ރަށުގެ ފުރަތަމަ ހާފިޒު ޝެއިހް މުހައްމަދު ނާޒިލް ގެންދަވަނީ އެ ރަށުގައި ގުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ހިންގަމުންނެވެ. އެ ކްލާސްތައް ނައިފަރުގައި ފެށީ 2020 ވަނަ އަހަރެވެ.އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ގިނަ ކުދިންތަކެއް ގުރުއާން ހިތުދަސްކުރި ނައިފަރުގައި ގުރުއާން ދަސްކުރާ މަރުކަޒެއް ތަރައްގީކުރަން ބޭނުންވާ ވަސީލަތްތައް ހޯދަން އެހީއަށް އެދިފައިވާތީ، ވަގުފު ފަންޑުން އެހީވާން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.ޅ. ނައިފަރުގެ ގުރުއާން ލާނިން ސެންޓަރު މިހާރު ވެސް 38 ދަރިވަރަކު ކިޔަވަމުން ގެންދެ އެވެ. އެހެންނަމަވެސް އެ އިމާރާތް ވަރަށް ބޮޑަށް ބާވެ އާ އިމާރާތެއް އެޅުމުގެ އެހީތެރިކަން ބޭނުންވާކަން އެ ސެންޓަރުގެ މުދައްރިސުން ވަނީ ބުނެފަ އެވެ.ޅ. ނައިފަރުގައި ގާއިމުވެ ހުރި ހަމައެކަނި ގުރުއާން ހިތުދަސް ހާފިޒު، އަހުމަދު ނާޒިލް މުހައްމަދުގެ މަސައްކަތާއިއެކު އެ ރަށުގައި އޭނާ ފަދައިން ގުރުއާން ހިތުދަސްކުރަން ބޭނުން ކުދިންނަށް އެ މަގު ކޮށައިދީ، އެފަދަ ކުދިން ނައިފަރުގައި އަންނަނީ އުފައްދަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ