ފަސް އަހަރު ފަހުން ނޫނީ ހައްޖު ތަކުރާރު ނުކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މިހާރު ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން، އަންނަ ހިޖުރީ އަހަރުގެ ކުރިން ހައްޖު ތަރުތީބަށް އުސޫލުގައި ބުނާގޮތަށް ބަދަލު ގެންނަން ޖެހޭނެ އެވެ.
އަލަށް ހައްޖުވާ މީހުންނަށް އިސްކަންދީ، ފަސް އަހަރު ފަހުން ނޫނީ ހައްޖު ތަކުރާރު ނުކުރެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފި އެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން، ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ އެމީހަކު އެންމެ ފަހުން ހައްޖުވިތާ ފަސް އަހަރު ފަހުންނެވެ.މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް ފުރުސަތު ދޭންވާނީ ފައިސާ ދައްކާފައިވާ ތަރުތީބުން ކަމަށް އުސޫލުގައިވެ އެވެ. އޭގެ ތެރެއިން ވެސް 65 އަހަރުން މަތީގެ، ހައްޖުގެ އަޅުކަން އަދާ ނުކުރާ މީހުންނަށް ކޮންމެ އަހަރަކު އެކޯޕަރޭޝުން ވަކި އިންސަތައެއް ކަނޑައަޅަންވާނެ ކަމަށް ވެސް ވެއެވެ.ހައްޖުގެ އަޅުކަން އަދާ ނުކުރާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި، އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެ ފުރުސަތު ވެސް ދޭން ވާނޭ ކަމަށް އުސޫލުގައިވެ އެވެ. ނަމަވެސް އެ ފުރުސަތު ދޭން ޖެހޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، އެމީހެއްގެ އާއިލާ މީހަކަށެވެ.މިހާރު ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން، އަންނަ ހިޖުރީ އަހަރުގެ ކުރިން ހައްޖު ތަރުތީބަށް އުސޫލުގައި ބުނާގޮތަށް ބަދަލު ގެންނަން ޖެހޭނެ އެވެ.މީހުން ހައްޖަށް ގެންދާ އުސޫލު ކުރިން އޮތް ގޮތުން، ފައިސާ ދައްކާފައިވާ ތަރުތީބުން، ކިތަންމެ ގިނައިން ވެސް ހައްޖަށް ދެވިދާނެ އެވެ. ނަމަވެސް އަހަރުތަކެއް ވަންދެން ވެއިޓިން ލިސްޓުގައި ތިބުމާއި، އަލަށްދާ މީހުންނަށް ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.މިހާރު ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށްފަހު ވެއިޓިން ލިސްޓުގައި 9،115 މީހުން އެބަތިއްބެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ