ބަންދު ދުވަސްތަކުގައި މޭވާއާއި ތަރުކާރީގެ އަގު ދާނީ ދަށަށް: ވިޔަފާރިވެރިން

ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދުވާއިރު، އެ ދުވަސްތަކުގައި ބާޒާރުމަތީގައި މޭވާއާއި ތަރުކާރީ އަގު ދަށްވާނެ ކަމަށް ވިޔަފާރިވެރިން މިއަދު ބުނެފިއެވެ. މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީ ވިއްކަން އިން މުޙައްމަދު އާރިފް "ސަން"އަށް ބުނީ ބާޒާރުމަތީގައި މޭވާއާއި ތަރުކާރީގެ އަގު ހުރީ ހިފެހެއްޓިފައި ކަމަށާއި ކުރިއަށް އޮތީ ބަންދު ދުވަސްތައް ކަމަށް ވުމުން ހުރިހާ އެއްޗެއްގެ އަގުވެސް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މާރުކޭޓުގައި މިހާރު އެންމެ ތިޔާގިކޮށް އުޅެނީ ދިވެހީންގެ ތެރޭގައި ނަން މަޝްހޫރު ކަނޑޫދޫ މިރުހާއި ފަތްޕިލާވެލީގެ ބާވަތްތަކެވެ. ފަތްޕިލާވެލީގެ ތެރެއިންވެސް ކޮޕީ ފަތެވެ. މިއަދު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅެނީ ކިލޯއެއް 160 ރުފިޔާއަށެވެ. އަދި ކުދި މިރުސް ކިލޯއެއްގެ އަގު 120 ރުފިޔާއަށް އުޅޭއިރު ތަރް މިރުސް ކިލޯއެއްގެ އަގު އުޅެނީ 80 ރުފިޔާއަށެވެ. އާންމުކޮށް މިރުހަކީ ކޮންމެ ރޯދަ މަހެއްގައިވެސް އަގު އަރައިގެން ދާ ބާވަތެކެވެ. މި ރޯދަ މަހުވެސް ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު 200 އާއި 250 އަށް އުފުލިގެންދިޔައެވެ. ނަމަވެސް ވިޔަފާރި ދަށްވެ މިރުހުގެ އަގު 70 އާއި 80 އަށްވެސް ވަނި ވެއްޓިފައެވެ. https://sun.mv/203738 މިއަދު ބާޒާރުމަތީގައި މޭވާއާ ތަރުކާރީގެ އަގުތަކަށް ބަލާއިރު: ކަނޑޫދޫ މިރުސް ކިލޯއެއް: 160 ރުފިޔާ ކުދި މިރުސް ކިލޯއެއް: 120 ރުފިޔާ ރަތް މިރުސް ކިލޯއެއް: 80 ރުފިޔާ ރަތް ކަރާ ކިލޯއެއް: 25 ރުފިޔާ އަލަނާސި ކަރާ ކިލޯއެއް: 30 ރުފިޔާ ފަޅޯ ކިލޯއެއް: 60 ރުފިޔާ ކޮޕީ ފަތް ބޮނޑިއެއް: 10 ރުފިޔާ ފާގަ ކިލޯއެއް: 45 ރުފިޔާ ލުނބޯ ކިލޯއެއް: 40 ރުފިޔާ ކެރެޓު ކިލޯއެއް: 40 ރުފިޔާ ރާނބާ ފަތެއް: 5 ރުފިޔާ ހިކަނދިފަތް ބޮނޑިއެއް: 10 ރުފިޔާ ކިއުކަމްބާ ކިލޯއެއް: 45 ރުފިޔާ ބަރަބޯ ކިލޯއެއް: 35 ރުފިޔާ ބަޓާނާ ބަރަބޯ ކިލޯއެއް: 45 އަދި 55 ރުފިޔާ ކާށީ: 15، 20 އަދި 25 ރުފިޔާ އާންމު ގޮތެއްގައި ފަނިގިރުމަށް ބޭނުންކުރާ ފެޝަންފުރުޓުގެ އަގު އުޅެނީ ކިލޯއެއް 150 ރުފިޔާއަށެވެ. މީގެ ކުރީން ބާޒާރުގައި ފެޝަންފުރުޓު ކިލޯއެއްގެ އަގު އުޅުނީ 120 އާއި 130 އާއި ދެމެދުގެ އަގެއްގައެވެ. އަދި ކުރުނބާ ފުޅިއެއްގެ އަގު އުޅެނީ 150 ރުފިޔާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ