ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު ޒާހިރު، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ހިކުމާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލު - އެ ރަސްމިއްޔާތުގައި ހިކުމާއަށް މަގާމުގެ ހުވާލައިދެއްވީ، ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެއާ އެކު މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސް ހަވާލުކޮށްދެއްވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި ރައީސް އޮފީހުގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ސީނިއަ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު 2020އިން 2024އަށް އަދާކުރެއްވި
އެވިޑް ކޮލެޖުން ގާނޫނީ ދާއިރާއިން ޑިގްރީ އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލްކުރައްވާފައިވޭ
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހިކުމާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ