ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ކުރީގެ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށް ބަދަލުވާން ނިންމާފައިވާ ކަމަށް އެ ޓީމުން ބުނެފި އެވެ.
ނިއު ރޭޑިއަންޓުން ވަނީ މިއަދު އެ ކްލަބްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި "އަންނަނީ އަންނަނީ" ޖަހައި ޕޯސްޓެއް ކޮށްފަ އެވެ. މި ޕޯސްޓުގައި ވަނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ބޮޑު އެދުމެއް ފުއްދައިދޭން އުޅޭ ކަމަށް ވެސް ބުނެފަ އެވެ.
މިކަމާ ގުޅިގެން "އަދަދު ސްޕޯޓްސް" އަށް ނިއުގެ ޗެއާމަން މުހައްމަދު މުބީން ވިދާޅުވީ، ނިއުގެ ސަޕޯޓަރުންގެ އެންމެ ބޮޑު އެދުމަކީ ދަގަނޑޭ، 39، އެނބުރި ނިއު އަށް ގެންދިޔުން ކަމަށެވެ. އެކަން ނިއު އަށް ހާސިލްވެއްޖެ ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.
"އަންނަނީ އަންނަނީ ނިއު ރޭޑިއަންޓް ސަޕޯޓަރުން ހެއްވާލަން އަންނަނީ، ރާއްޖޭގެ އެންމެ ގިނަ ސަޕޯޓާސްގެ ސަޕޯޓް ލިބިފައިވާ އަޔަން މޭން ދަގަނޑޭ ނިއުއާ މި ގުޅެނީ. ދަގަނޑޭ ގެނައުމަކީ ނިއުގެ މެނޭޖްމަންޓަށް ސަޕޯޓަރުން އެންމެ ބޮޑަށް ކުރި ރިކުއެސްޓް. ކްލަބް ދެމި އޮންނާނީ ސަޕޯޓަރުންގެ ސަޕޯޓާއެކު. އެހެންވީމަ ސަޕޯޓަރުން އެދޭކަންކަން މި މެނޭޖްމަންޓުން ކުރާނެ." މުބީން ވިދާޅުވި އެވެ.
މީގެ ހަތް މަސް ކުރިން ކަކުލުގެ އޮޕަރޭޝަނެއް ކުރި ދަގަނޑޭ އަންނަނީ ރެކްރިއޭޝަނަލް ލެވަލްގެ އެކި މުބާރާތްތަކުގައި ކުޅެމުންނެވެ.
ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ، އެންމެ ފުރަތަމަ، ނިއު އަށް ކުޅުނީ 2006-2007 ގަ އެވެ. އޭގެ ފަހުން، ދެ ވަނަ ފަހަރަށް، 2012-2013 އަށް ނިއުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެންމެ ފަހުން، ނިއު ޖޯޒީގައި ދަގަނޑޭ ފެނުނީ، 2017-2018 ގަ އެވެ.
ނިއު އިން މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް ވަރުގަދަ ޓީމެއް އެކުލަވާލައި، ފުރަތަމަ ޑިވިޝަނަށް އަލުން އައުމަށް ވަނީ އަމާޒުހިފައިފަ އެވެ.
ދަގަނޑޭ ގެންނަން ނިއު ރޭޑިއަންޓުން އެއްބަސްވުމަކަށް ދަގަނޑޭ ގެންނަން ނިއު ރޭޑިއަންޓުން އެއްބަސްވުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ