އޭޝިއާގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައި އުރީދޫ ސީސީއޯ ނިޔާޒު!
އޭޝިއާގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒު ހިމެނިއްޖެއެވެ. ބިޒްނަސް މެގަޒިން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބްރޭންޑް، 'ޓްރޭޑް ފްލޮކް' އިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭޝިއާ 2025 ގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައި ހިމެނުނު ނިޔާޒަށް މަރުހަބާ ކިޔައިފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި 12 އަހަރުގެ ތަޖުރިބާއާއި، ވިޔަފާރީގެ ހުނަރުވެރިކަމާއެކު ނިޔާޒު މިސާލު ދައްކަވަނީ، ލީޑަޝިޕަކީ ހަމައެކަނި ދައުރެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ޓެލެކޮމިއުނިކޭޝަން މާކެޓާއި، ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފައިދާ ކުރާނެކަން ކަށަވަރު ކޮށްދެމުންދާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ނިޔާޒުގެ ފެށުމަކީ ސިފައިންގެއެވެ. އޭނާ ވަނީ ސިފައިންގޭގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖޭގައި އަސްކަރީ ޚިދުމަތް ތަރައްގީ ކުރުމުގެ ގައުމީ މަޝްރޫއެއްގެ ތެރެއިން ވަޒީފާ އަދާކުރުމަށް އޭރު އުފެއްދި ޕްރޮގުރާމުގެ ދަށުން އަސްކަރިއްޔާއަށް ނިޔާޒު ވަނީ ޚިދުމަތް ކުރައްވާފައެވެ. އެހެންނަމަވެސް ސިފައިންގެއަކީ ނިޔާޒު މަސައްކަތް ކުރައްވަން ބޭނުންވި ދާއިރާއެއް ނޫނެވެ. ނަމަވެސް ސިފައިންގޭގައި ވެސް ނިޔާޒު ހުންނެވީ ޓެކްނިކަލް ދާއިރާއާ ގުޅުންހުރި ޑިޕާޓްމެންޓެއްގެ ހެޑަކަށެވެ. އެއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ): އޭނާ ވަނީ އޭޝިއާގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައި ނިޔާޒު ހިމެނިފައި -- ސިފައިންގެއިން ވަކިވެ، ނިޔާޒު ގުޅިވަޑައިގެންނެވީ ވަތަނިއްޔާގެ ޓެކްނީޝަނެއްގެ ގޮތުގައެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖާ ނެޓްވޯކް ޕްލޭނިން އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވޯކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަންގެ މަގާމު ހިމެނެއެވެ. ޓެކްނިޝަނެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ނިޔާޒު އޭގެ 19 އަހަރު ފަހުން މިއަދު އެ ހުންނެވީ އޭރުގެ ވަތަނިއްޔާ ނުވަތަ މިހާރުގެ އުރީދޫގެ ސީސީއޯގެ މަގާމުގައެވެ. އެ މަގާމަށް އޭނާ އައްޔަނުކުރެއްވީ މެއި 26، 2021ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ