ރައީސް މުއިއްޒުގެ ޤައުމިއްޔަތާއި، އިޒްރޭލުގެ ޤައުމިއްޔަތާއި މާބޮޑު ތަފާތެއް ނެތް! އިޒްރޭލުގެ ޤައުމިއްޔަތަށް ކިޔާ ނަމަކީ ޒައިއޮނިޒަމް!

ޒައިއޮނިޒަމަކީ އިޒްރޭލުގެ ޤައުމިއްޔަތަށް އެމީހުން ދީފައިވާ ނަމެވެ. ރާއްޖޭގައިވެސް މުއިއްޒު ދަނީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަނެއް ޚަރަދުކޮށް، ޒައިއޮނިޒަމާއި އެއްފަދަ ޤައުމިއްޔަތެއް ބިނާ ކުރަމުންނެވެ. ޤައުމިއްޔަތަކީ އިސްލާމް ދީނުގެ އަސާސް ތަކާއި ދެކޮޅު އެއްޗެކެވެ. އެއީ 19 ވަނަ ގަރުނުގައި އުފަންވި ވަރަށް ފަހުގެ އެއްޗެކެވެ. އިޒްރޭލުގެ ޤައުމިއްޔަތަކީވެސް ހަމަ 19 ވަނަ ގަރުނުގެ ފަހުކޮޅު އުފެދުނު ސިޔާސީ އަދި އައިޑިއޮލޮޖިކަލް ހަރަކާތެއް ކަމުގައިވާ، ތާރީޚީ އިސްރާއީލުގެ ބިމުގައި ޔަހޫދީ ގައުމެއް ގާއިމުކޮށް އެއަށް އެހީތެރިވުމުގެ މަގުސަދުގައި އުފެދުނު ހަރަކާތެކެވެ.
ފަހުގެ ތާރީޚުގައި ދުނިޔޭގެ އެންމެ ބޮޑެތި ކުށްތަކަށް އަރައިގަނެ، އެންމެ ގިނަ ބަޔަކު މަރާފައިވަނީ ޤައުމިއްޔަތުގެ ފިކުރުގެ ތެރެއިންނެވެ. ރައީސް މުއިއްޒު ގެންގުޅޭ ގައުމިއްޔަތުގެ ފިކުރުގެ ތެރެއިން ރާއްޖޭގައި އޮތް އިންޑިޔާއިން ދީފައިވާ ޑޯނިޔާ ދިވެހިންގެ އެމެޖެންސީ ފަރުވާގެ ޚިދުމަތްތަކަށް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން 2024 ވަނަ އަހަރު ކުޑަ ދެ ކުއްޖަކު މަރުވުމަށް މުއިއްޒު ވަނީ ދޫކޮށްލާފައެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ އަންހެނަކާއި ކުޑަ ކުއްޖަކަށް، ދެވެން އޮތް ފަރުވާ ޑޯނިޔާއިން ދެވެން އޮއްވާ އެކަން ނުކޮށް، ބާ ބޯޓެއް ފޮނުވައި އެމެޖެންސީ ސިއްޚީ ޚިދުމަތް ނުދީ މަރާލާފައެވެ. މިއީ ޤައުމިއްޔަތުގެ ފިކުރުގައި މުއިއްޒު މަރާފައިވާ 4 ވަނަ ފަރާތެވެ. މިއީ ވަރަށް ބޮޑު އިޚުމާލެކެވެ. ޤައުމިއްޔަތާއި، ކޮމިއުނިޒަމް އާއި ފޭސިޒަމް ފަދަ އަނިޔާވެރި ފިކުރުތައް ގެންގުޅުމުން އެއިން މުޅި ޖީލެއް ހަލާކު ކޮށްލައެވެ.
ޒައެނިޒަމް އާއި މުއިއްޒުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތާއި ހުރި އެއްގޮތް ކަންތައްތައް ތިރީގައި މިވަނީއެވެ.
ޤައުމީ އައިޑެންޓިޓީއަށް އަހައްމިއްޔަތުކަން ދިނުން:
ޒައިއޮނިޒަމާއި ރައީސް މުޢިއްޒުގެ ޤައުމިއްޔަތުގެ އިސްނެގުމުގައި ވަރުގަދަ ޤައުމީ އައިޑެންޓިޓީއެއް އުފެއްދުމަށް އިސްކަންދެއެވެ. ޒައިއޮނިޒަމްގައި މިކަން ބިނާވެފައިވަނީ ޔަހޫދީ އައިޑެންޓިޓީއާއި އިސްރާއީލުގެ ބިމާ ހުރި ތާރީޚީ ގުޅުމުގެ މައްޗަށެވެ. ދިވެހިރާއްޖޭގައި، ރައީސް މުޢިއްޒުގެ މަސައްކަތްތައް އަމާޒުވެފައިވަނީ ދިވެހިރާއްޖޭގެ ވަކި ޚާއްސަ ސަގާފަތާއި، ބަހާއި، އިސްލާމީ ތަރިކައިގައި ބިނާވެފައިވާ ދިވެހި އައިޑެންޓިޓީ ވަރުގަދަކުރުމަށެވެ.
ސަގާފަތާއި ތާރީޚު ދެމެހެއްޓުން:
ޒައިއޮނިޒަމުން މަސައްކަތްކުރަނީ ޝަތާތުގައި ތާރީޚީގޮތުން ގެއްލިފައިވާ ޔަހޫދީ ސަގާފަތާއި، ބަސް (ހީބްރޫ)، އަދި އާދަކާދަތައް ދިރުވައި ދެމެހެއްޓުމަށެވެ. ހަމައެފަދައިން، ރައީސް މުޢިއްޒުގެ އިސްނެގުމުގައި ޤައުމުގެ އައިޑެންޓިޓީގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވޭ ދިވެހި ސަގާފަތާއި، އާދަކާދަތަކާއި، ދެމެހެއްޓުމަށް އިސްކަންދެއެވެ.
އަމިއްލަވެރިކަމާއި މިނިވަންކަން:
ޒައިއޮނިޒަމުން ވަކާލާތުކުރަނީ ޔަހޫދީ ދައުލަތެއް ގާއިމުކޮށް ދެމެހެއްޓުމުގެ ތެރެއިން ޔަހޫދީންގެ އަމިއްލަވެރިކަމަށެވެ. ދިވެހިރާއްޖޭގައި، ރައީސް މުޢިއްޒުގެ ޤައުމިއްޔަތުގެ އެޖެންޑާ އަމާޒުވެފައިވަނީ ޚާއްސަކޮށް ބޭރުގެ ނުފޫޒުތަކާއި، ޖިއޯޕޮލިޓިކަލް ޕްރެޝަރތަކާއި، ބޭރުގެ އަތްގަދަކުރުންތަކާ ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށް ބުނެ ފަތުރާ ޕްރޮޕަގަންޑާއަށެވެ.
ބޭރުގެ ގޮންޖެހުންތަކަށް ޖަވާބުދިނުން:
މި ދެ ހަރަކާތްވެސް އުފެދިފައިވަނީ ބޭރުން ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ޖަވާބެއްގެ ގޮތުން ކަމަށް ބުނެއެވެ. ޒައިއޮނިޒަމަށް މިކަމުގައި ހިމެނެނީ ގަރުނުތަކެއް ވަންދެން ކުރިމަތިވި އެންޓިސެމިޓިޒަމާއި ޔަހޫދީންނަށް ރައްކާތެރި ވަޠަނެއް ނެތުމެވެ. އަދި މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ހަދައި، މާތްﷲގެ ދީނުގައި ތިބި ބަޔަކު ގަތުލުކޮށް ނެތިކޮށްލުމުގެ މައްޗަށެވެ. ދިވެހިރާއްޖޭގައި، ރައީސް މުޢިއްޒުގެ ޤައުމިއްޔަތު ދެކެވެނީ ބޭރުގެ ނުފޫޒާއި، ގްލޯބަލައިޒޭޝަނާއި، އާދަކާދަތައް ގެއްލިގެން ދިއުމުގެ ކަންބޮޑުވުންތަކަށް ޖަވާބެއްގެ ގޮތުގައި ކަމަށް ބުނެއެވެ. ޤައުމިއްޔަތުގެ މުހިންމުކަން ދިވެހި ރައްޔިތުންގެ ފުރާނައަށް ވުރެ މުހިންމުކޮށް އެމެޖެންސީގައި މީހުން އުފުލުމަށް ދިވެހިންނަށް ހަދިޔާކޮށްފައިވާ ވަސީލަތްތައް ބޭނުން ކުރުމަކީ، ބޭރުގެ ނުފޫޒު ރާއްޖެއިން ވަނުން ކަމަށް ބުނެ، އެ ޚިދުމަތް ބޭނުން ނުކޮށް “ޤައުމީ” އެއާލައިން އިން އޮޕަރޭޓް ކުރާ ފޭކް “އެއަރ އެމްބިއުލާންސް” ގެނެސް އެއިން ދެވެން ނެތް ޚިދުމަތެއް ދޭކަމަށް ދައްކައި މީހުން މަރަށް ދޫކޮށްލުމެވެ.
ޤައުމަށް ލޯބި ވުމާއި، ފިކުރެއް ގޮތުގައި ޤައުމިއްޔަތު ދިރުވުމަކީ ތަފާތު ދެކަމެކެވެ.
މުއިއްޒުގެ ޤައުމިއްޔަތުގެ ފިކުރު، ފިކުރެއް ގޮތުގައި ރައްޔިތުން ތަކެއްގެ މެދުގައި ހަރުލާ ދުވަހެއް އައިސްފިނަމަ، އެ ފިކުރު ޤަބޫލު ނުކުރާ މީހުންނަކީ ޚާއިނުން ކަމަށް ބަލައި އެމީހުން މެރުމަކީ ދެން އުފެދިގެން އަންނާނެ މަރުހަލާއެވެ. ޤައުމިއްޔަތު އުނގަންނައިދީފައިވާ ކޮންމެ މުޖުތަމައެއްގައި ކަން ހިނގާފައިވަނީ ސީދާ މިފަދައިންނެވެ. ޖަރުމަނުގައި ކަން ހިނގާފައިވަނީ ވެސް އެހެންނެވެ. ރައީސް މުއިއްޒު ދަނީ ޒުވާން އެތައް ކުދިން ގެނެސް ޤައުމިއްޔަތު ކިޔަވައިދިނުމުގެ ނަމުގައި އެ ކުދިންތަކުގެ ސިކުނޑިއަށް މި ނުބައި ފިކުރު ވައްދަމުންނެވެ. އުކުދިންނަށް މި ފުރުޞަތު ވައްދަނީ ފައިސާ ދީގެން ރަށްރަށުންނާއި، މާލެއިން ޤައުމިއްޔަތު މިނިސްޓްރީއަށް ގެނެސްގެންނެވެ.
މާތްﷲ މި އަނިޔާވެރިކަން ދަމަހައްޓަމުންދާ ފަރާތްތަކަށް ކޯފާލައްވައި، މި ނުބައި ވެރިކަން ނިންމަވައި، މުއިއްޒުގެ ޤައުމިއްޔަތުގެ ސަބަބުން ދުނިޔެ އަޅާ ދިޔަ، މާބަޑު އަންހެނާއާއި، އޭނާގެ ކުޑަ ދަރިފުޅާއި، އިތުރަށް 2024 ގައި ޤައުމިއްޔަތު އިސްކުރުމުގެ ސަބަބުން މަރުވެފައިވާ 2 ކުދިންނަށް މާތް ﷲ ސުވަރުގެ މިންވަރު ކުރައްވާންދޭވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ