އިމާރާތްކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގޭގެ ތަޅުންގަނޑުން ބައެއް ގަނބައިގެންފި

މާލޭގައި ގެއެއްގެ އިމާރާތްކުރުމުގެ މަސައްކަތަށް ބިންގަނޑު ކޮންނަނިކޮށް، ޖެހިގެން ހުރި ގޭގެ ތަޅުންގަނޑުން ބައެއް މިއަދު ގަނބައިގެންފިއެވެ. މާފަންނު ނަސީމީ ހިނގުމުގައި، އިމާރާތް ކުރުމުގެ މަސައްކަތް ކުރަނިކޮށް، އެ ގެއާއި ޖެހިގެން ހުރި އޭޑީރީޑު ގޭގެ ތަޅުންގަޑުން ބައެއް ގަބައިގަނެ މީހަކު ވެއްޓިފައި ވަނީ މިއަދު މެންދުރެވެ. https://x.com/MaleCitymv/status/1999838656128029039 މި ހާދިސާ ހިނގަން މެދުވެރިވީ އޭޑީރީޑު ގެއާއި ޖެހިގެން އިރުމައްޗަށް ހުރި ގޯތީގައި އިމާރާތް ކުރުމަށް ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެގޭގެ ދަށުން ފަސްގަޑު ދޫވެގެންނެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ހަވީރު ވަނީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ސަރަހައްދާއި، އޭޑީ ރީޑު ގެއަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާފައެވެ. މި ޒިޔާރަތުގައި އޭޑީރީޑު ގޭގެ މީހުންނާ، މޭޔަރު ވަަނީ ބައްދަލުކުރައްވައިފައެވެ. އޭޑީރީޑު ގޭގެ ދަށުން ވެލިގަނޑު ދޫވެ، ގަނބައިގަނެފައިވާ މަންޒަރު -- ފޮޓޯ/ ސިޓީ ކައުންސިލް ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި އޭޑީރީޑު ގޭގެ، ތަޅުންގަނޑު ގަނބައިގަނެގެން ގޮސްފައިވާއިރު، އެތަނުގެ ފުންމިން، އުނަގަނޑާއި ހަމައަށް ހުއްޓެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ސިޓީ ކައުންސިލަށް ގުޅުމުން ޖަވާބު ނުދޭތީ، އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. މިހާރަކަށް އައިސް މާލޭގައި ގެދޮރު އިމާރާތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެކަށީގެންވާ ރައްކާތެރިކަން އެޅިފައި ނުވުމުން ޖެހިގެން ހުންނަ އިމަރާތްތަކަށް ގެއްލުން ލިބެމުން އަންނަ މިންވަރު ވަނީ އިތުރުވެފައެވެ. https://sun.mv/208929 އެގޮތުން މިއަހަރު ޖޫން މަހުގެ ތެރޭގައި މާފަންނު ހަވާއީ ގޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަނިކޮށް، ޖެހިގެން ހުރި ގޭގެ ފާރު ވަނީ އެއްކޮށް ވެއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ