ދިރާގުގެ އަހަަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، ޑެސްކަޕް 2025 ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ދިރާގު މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތުގައި މި އަހަރު ޖުމްލަ 321 މުވައްޒަފުންނާ އެކު 20 ޓީމެއް ވަނީ ބައިވެރިވެފަ އެވެ.
ތަފްސީލް - މި އަހަރުގެ މުބާރާތުގެ ތިން ލީގުން ޗެމްޕިއަންކަން ހޯދި ޓީމުތަކަކީ:
ސީއީއޯ އެންޑް އެމްޑީސް ކަޕްގެ އެއްވަނަ ހޯދީ 'ޑީއެސްއެސް ޔުނައިޓެޑް ޓީމު'
ޕްރީމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ 'ފިނޭންޒެސް ޓީމާ' އެކު ވާދަވެރި މެޗެއް ކުޅެގެން 'ޑީއެސްއެސް ޔުނައިޓެޑް ޓީމު'
ސުޕަ ލީގުގެ ފައިނަލް މެޗުގައި 'ސީއެންއެފްސީ ޓީމާ'އި 'އާރުއޯސީ ޓީމު' ވާދަކޮށްގެން ޗެމްޕިއަންކަން ހޯދީ 'ސީއެންއެފްސީ ޓީމ
މީގެ އިތުރުން، ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ 'ވިމެންސް ފިއެސްޓާ' މުބާރާތުގައި 'ޓެކްނޮލޮޖި ކަނބަލުން'ނާއި 'ހިޔަލަ ޓީމު'ގެ ވާދަވެރި މެޗަކަށް ފަހު ހިޔަލަ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.
ދިރާގުގެ އަހަަރީ ފުޓްސަލް މުބާރާތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ