ހުޅުމާލެ ދުވާރު މައްޗަށް ކާރެއް އެރުން: ކާރުގައި ތިބި ދެ މީހުން މަސްތުވެގެން ތިބި ކަމުގެ ތުހުމަތު
މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ، ދުވާރު މައްޗަށް އެރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ތިބީ މަސްތުވެގެން ކަމަށް ތުހުމަތުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެ ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގުގައެވެ. އެގޮތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ، އެ ދުވަހު ހެނދުނު 06:00 އެހާކަން ހާއިރު ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވެއެވެ. އެ ދުވަހު ފުލުހުން ބުނީ، ކާރު ކޮންޓްރޯލު ނުވީ، ކުރިމަތިން އައި ކާރަކުން ދުރަށް ޖެހި، ދާން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި، އެ ކާރު ގޮސް ސައިކަލެއްގައި ޖެހި، ފިހާރައެއްގައި ވެސް ޖެހިފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައިގައި، އެކްސިޑެންޓު ހިނގި ސަރަހައްދުން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ ކާރު ދުއްވަން އިން 29 އަހަރުގެ މީހަކާއި ކާރުގެ ކުރީ ސީޓުގައި އިން 26 އަހަރުގެ މީހެކެވެ. https://sun.mv/213620 މިއަދު ފުލުހުން ވަނީ އެ ދެ މީހުން ވެސް ހައްޔަރުކުރިއިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެފައެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރަށްވުރެ މި އަހަރު ވަނީ އެކްސިޑެންޓުތައް ގިނަވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 2،537 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ