މިހާތަނަށް 49 މަސްވެރިޔަކަށް ލޯނު ދޫކޮށްފި
މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 49 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ. މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ކުރެއްވި ވަރަށް މުހިންމު މަސައްކަތެކެވެ.މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ގައުމީ ބޭންކުން ފަހިކޮށް ދިނީ މި އަހަރު އެވެ. އެގޮތުން މަސްވެރިންނަށް ރަހުނެއް ނެތި 300،000ރ. ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ.މަސްވެރިންނަށް ލޯނު ދޫކުރަނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީ އަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ވެސް ލިބޭ ގޮތަށެވެ.މަސްވެރިންނަށް ލޯނު ދޫކުރަން ފިޝަރީޒް މިނިސްޓްރީ އާއި ބީއެމްއެލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ލޯނު ދޫކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އަދި މި މަހުގެ 9 އާ ހަމައަށް ޖުމްލަ 49 މަސްވެރިޔަކަށް ލޯނު ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ