ގައިގޯޅި މަންޒަރުތައް ކުޅެން ސޯނަމް ބޭނުމެއް ނޫން

ފިލްމު "ހައުސްފުލް 5"އިން ބޮލީވުޑަށް ތައާރަފުވި ޕަންޖާބު ބަތަލާ ސޯނަމް ބާވްޖާ ހިންދީ ފިލްމުތަކުގައި ހިމެނޭ ގައިގޯޅި މަންޒަރުތައް ކުޅެން ބޭނުންނުވާ ސަބަބު ހާމަކޮށްފިއެވެ. ފިލްމު ކޮމްޕޭނިއަންއަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނީ، އެފަދަ މަންޒަރުތައް ކުޅެން ޖެހިލުން ވަނީ އޭނާ ނިސްބަތްވާ ޕަންޖާބުގެ އޯޑިއަންސް ދެކެ ބިރުން ކަމަށެވެ. އޭނާއަކީ ޕަންޖާބަށް ނިސްބަތްވާ ފިލްމީ ތަރިއެއް ކަމުން ސޯނަމްގެ ބޮޑު އޯޑިއަންސެއް އޮތީ އަދިވެސް ޕަންޖާބުގައި ކަމަށާއި އެފަދަ ގައިގޯޅި މަންޒަރުތަކުގެ ސަބަބުން ޕަންޖާބު އޯޑިއަންސްގެ ފަރާތުން އަންނާނެ ފާޑުކިޔުންތަކަށް އޭނާ ޖެހިލުންވާ ކަމަށެވެ. މި ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފުރުސަތު ލިބޭ ބަތަލާ ވަނީ އެކަމާ ގުޅޭގޮތުން އޭނާގެ މައިންބަފައިންނާ ވެސް މަޝްވަރާކޮށްފައި ކަމަށެވެ. ސޯނަމް އަދި އެކްޓަރު ހަރްޝްވަރުދަން ރާނޭ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ ދާދި ފަހުން ބަތަލާ މަސައްކަތް ނިންމާލީ ލޯބީގެ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގައި ވެސް ހިމެނުނު ގައިގޯޅި މަންޒަރުތަކެއް ނެގުމަށް ސޯނަމް އެއްބަސްނުވާ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ސޯނަމް ކުޅޭ ފިލްމުތަކަކީ އާއިލާގެ މެންބަރުންނާ އެކު ވެސް ބަލާލެވޭނެ ކަހަލަ ފިލްމުތަކަކަށް ހެދުން ކަމަށް ވަނީ ބުނެފައެވެ. ބޮލީވުޑްއިން ފުރުސަތުތަކެއް ލިބެމުން އައި ނަމަވެސް އޭނާ ތަރިއަކަށް ހަދައިދިނީ ޕަންޖާބު ފިލްމު އިންޑަސްޓްރީ ކަމަށާއި އެހެންވެ އެ އިންޑަސްޓްރީއަށް މީހުންކުރާ އިހުތިރާމް ދަމަހައްޓަން ބަތަލާ ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ސޯނަމްގެ ކުރިއަށް ހުރި ފިލްމުތަކުން ވެސް އެފަދަ މަންޒަރުތައް ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެކްޓަރު ހަރްޝްވަރުދަން ރާނޭއާ އެކު ސޯނަމް ފެންނާނެ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު" ސިނަމާތަކަށް އަންނާނީ މި އަންނަ އަންގާރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ