އިންޑިއާގެ އުތުރުގެ ޕަންޖާބު ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 30 މީހެއްގެ ފުރާނަ ގެއްލި، 354،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފި އެވެ.
އެ ސްޓޭޓުގެ 23 އަވަށެއްގައި ފެންބޮޑުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެކަން އެ ގޮތަށް ދިމާވީ ކޯރުތަކާއި ރިޒާވާތަކުގެ ފެންގަނޑު ގާތްގަނޑަކަށް ނުރައްކާތެރި މިންވަރަކަށް އުފުލުމަށް ފަހު އެވެ.
ފެންބޮޑުވެ، ތިރި ތަންތަނުން ގާތްގަނޑަކަށް 20،000 އެއްހާ މީހަކު ވަނީ ހިކިފަސް ތަންތަނަށް ބަދަލުކޮށްފަ އެވެ. ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޯހިޔާވަހިކަމާއި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެތައް ސަތޭކަ ރިލީފް ކޭމްޕްތަކެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގަވަންތު މަން އިލްތިމާސް ކުރެއްވީ އެ ބޭފުޅުންނާ އެކު ތިއްބެވުމަށެވެ. އަދި އޭނާ ވިދާޅުވީ މި ފަހަރުގެ މި ފެންބޮޑުވުމަކީ 1988 ވަނަ އަހަރަށް ފަހު އެ ސްޓޭޓަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ކަމަށެވެ.
ޕަންޖާބަކީ އާންމުކޮށް އިންޑިއާގެ "ކާބޯތަކެތީގެ ވަށިގަނޑު"ގެ ނަމުން ނަން ދީފައިވާ އަދި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. ހާއްސަކޮށް ގޮވާމުގެ ބާވަތްތަކެވެ.
ގާތްގަނޑަކަށް 148،000 ހެކްޓަރުގެ ދަނޑުބިން ފެނުގެ އަޑިއަށް ދިއުމުގެ ސަބަބުން ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ޕަންޖާބުގެ 30 މިލިއަން މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުން ބަނޑުފުރާނަ މުއްތި ކުރަނީ ދަނޑުވެރިކަންކޮށްގެނެވެ. އެހެން ކަމާ އެކު ދަނޑުބިންތައް ހަލާކުވުމުގެެ ސަބަބުން އެ މީހުންނަށް ކާބޯތަކެއްޗަށް ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިންޑިއާގެ ޕަންޖާބުގައި ފެންބޮޑުވެ 30 މީހަކު މަރުވެ، 354،000 މީހަކަށް އަސަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ