މި ސަރުކާރުން ލޯކަލް ގަވަމަންޓް މިނިސްޓްރީ އުފައްދާފައިވާތީ އަތޮޅު ކައުންސިލްތަކެއް ދައުރެއް މިހާރު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އަތޮޅު ކައުންސިލްތައް އުވާލާ ބިލު ފާސްކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެ މާއްދާތަށް އިޞްލާޙު ކުރުމަށް އަންގާރަ ދުވަހު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ޤާނޫނު އަސާސީއަށް ގެންނެވި އިޞްލާޙަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިޞްލާހެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖުރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔަރ އެއް ނޫންކަން ހާމަވެފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތަށް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، މުވައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ޚިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދުކުޑަވެގެންދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނޭކަމީ ޝައްކެތްއޮތްކަމެއް ނޫންކަމަށެވެ.
ޚާއްޞަކޮށް 2023 ގައި މިއަދުގެ ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ޤަވަރމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށުކައުންސިލްތަކުގެ، ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅުކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށް ނެތްކަމަށް ޤާސިމް ވަނި ވިދާޅުވެފައެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 230 އަދި 231 ވަނަ މާއްދާ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާތަކުން އުނި ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ އެ ބިލް މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ފާސްވެގެން ދިޔައީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުން ކަމުގައިވާތީ ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ނުހަނު އިޙްލާޞްތެރި މަރުހަބާ އާއި ތަޙްނިޔާ ޤާސިމް ވަނީ އަރިސްކުރައްވާފައެވެ.
މިނިސްޓްރީ އެބައޮތް، އަތޮޅު ކައުންސިލް މިހާރު މުހިއްމެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ