ކާރެއް ދަށުވެ މީހަކު މަރުވި މައްސަލާގައި ކާރު ދުއްވި މީހާގެ މައްޗަށް ދައުވާކޮށްފި

މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ އެކްސިޑެންޓުވި ކާރު ދުއްވަން އިން ކ.ކާށިދޫ ކެތި، މައުސޫމް ހަލީމުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލި އެވެ.
ހުޅުމާލޭގަައި ހިނގި އެކްސިޑެންޓެއްގައި ކާރެއްގެ ދަށުވި މީހަކު މަރުވި މައްސަލާގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. 
މި އަހަރު އޭޕްރީލު މަހުގައި ހުޅުމާލޭ އޫރީދޫ އިމާރާތުގެ ހުޅަނގުން އޮންނަ މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، ސައިކަލުގައި ތިބި ބަންގުލަދޭޝް ދެ މީހުންކަމަށްވާ ޝެއިހު ޝުވައިބާއި މަސްއޫދު ރަނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭގެ ތެރެއިން މަސްއޫދުވަނީ ލިބުނު އަނިޔާތަކާ ގުޅިގެން މަރުވެފަ އެވެ. 
މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ އެކްސިޑެންޓުވި ކާރު ދުއްވަން އިން ކ.ކާށިދޫ ކެތި، މައުސޫމް ހަލީމުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލި އެވެ. އެއީ: 
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުން ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ދައުވާކުރީ ކާރު ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކު ކުރަން އުޅުނު ސައިކަލެއްގަައި ޖެހި އެކްސިޑެންޓުވުމުން ކާރުގެ ދަށުގައި ތާށިވި މަސްއޫދުގެ ގައިމަތިން ކާރު ދުއްވުމުން ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ މަރުވެފައިވާތީ އެވެ. 
އޭގެ އިތުރަށް އޭނާގެ މައްޗަށް ގެއްލުން ދިނުމުގެ ދައުވާކުރީ ސައިކަލުގައި ޖެހުމުން ކާރު ކޮންޓުރޯލުން ނައްޓާާލައި އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރެއް ޖެހި އެ ކާރަށް ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ. 
މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ