ނެޝަނަލް ފާޓިލިޓީ ސެންޓަރާއެކު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި

ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަން ފެށިތާ ފަސް އަހަރު ފަހުން ޓާޝަރީ ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.އެހެންކަމުން ދަރުމަވަންތަ ހޮސްޕިޓަލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވާފައި މިވަނީ ހޮސްޕިޓަލް ބޭނުންކުރަން ފެށިތާ ފަސް އަހަރު ފަހުންނެެވެ.ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް މިރޭ ރަސްމީކޮށް ހުޅުވީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ނެޝަނަލް ފާޓިލިޓީ ސެންޓަރެއްވެސް ގާއިމުކުރުމަށްފަހު އެވެ.މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ އިމަޖެންސީ ޔުނިޓު ވަނީ ކުޑަކުދިންނަށް ހާއްސަ އީއާރެއްގެ ގޮތުގައި ހަމަޖައްސައި އެ ހިދުމަތް ވެސް މިރޭ އިފްތިތާހުކޮށްފަ އެވެ. އަދި ކުޑަކުދިންގެ އައިސީޔޫ ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމް ކޮށްފަ އެވެ.ހޮސްޕިޓަލްގެ 22 ވަނަ ފްލޯގައި ހަދާފައިވާ މި ސެންޓަރުން އައިޔޫއައި އާއި ސްޕާމް، އެގް، އަދި އެމްބްރިއޯ ފްރީޒިން ފަދަ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.ދަރުމަވަންތަ ހޮސްޕިޓަލް މިރޭ ހުޅުވިއިރު ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ވަނީ އެންމެ ޒަމާނީ ފެންވަރުގެ ހައިބްރިޑް ކެތުލެބެއްވެސް ހުޅުވާފަ އެވެ.ފަންސަވީސް ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމަޖެންސީ ޔުނިޓު، ކުޑަކުދިންނަށް ހާއްސަ އީއާރް އަކަށް ބަދަލުކޮށް، ކުޑަކުދިންގެ އައިސީޔޫވެސް ވަނީ އެ ހޮސްޕިޓަލްގައި ގާއިމުކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ހޮސްޕިޓަލް ބޭނުންކުރަން ފެށީ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ. ނަމަވެސް އެތަން ރަސްމީކޮށް ހުޅުވާފައެއް ނުވެ އެވެ. އަދި މުވައްޒަފުންނާއި ތަކެތީގެ ދަތިކަމާ ހެދި 17 ވަނަ ފްލޯއިން 19 ވަނަ ފްލޯއާ ހަމައަށް ބޭނުމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ