އާމިރު މަންސޫރު ހާމަކުރެއްވީ ކަންއޮތް ގޮތް! އާންމުން “ވިޔަފާރި ކުރަނީ ސަރުކާރުގެ ސިޔާސީ ލޯނުތައް ދައްކާކަށް ނޫން”

ވިޔަފާރިކުރަނީ ސަރުކާރުގެ ސިޔާސީ ލޯނުތައް ދައްކަން ނޫން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު ވިދާޅުވެއްޖެ އެވެ. ސަރުކާރުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާ މެދު އެސްޓީއޯގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު ނުރުހުން ފާޅުކުރައްވައި ވިދާޅުވެފައިވަނީ ރަނގަޅަށެވެ. ދުނިޔޭގައި އެއްވެސް ވަރެއްގެ އިލްމެއް އުނގެނިގެން ހުރި އެއްވެސް މީހެއް މިނޫން ގޮތަކަށް މިވާހަކަ ނުދައްކާނެއެވެ. މިއިން ދައްކައިދެނީ އާމިރު މަންސޫރަކީ ދުނިޔޭގެ ވިޔަފާރީގެ އަދި އިޤްތިޞާދީ މައިދާނަށް މުއިއްޒަށް ވުރެ، އެތައް ގުނައަކަށް ލޯހުޅިވިފައިވާ މީހެއް ކަމެވެ.
މުއިއްޒަކީ އިޤްތިޞާދީ އަދި މާލީ އެއްވެސް އިލްމެއް ލިބިފައި ނުވާ ފަރާތެކެވެ. އޭނާ އަށް ދުނިޔޭގެ އިޤްތިޞާދީ ބަސްމަގު ފަހުމުވެސް ނުވާނެއެވެ.
މާލެއާއި، ފުށިދިއްގަރު ފަޅާއި ދެމެދު ކަނޑުއަޑީގެ ބިއްލޫރި ޓަނެލްއެއް އަޅާނެ ކަމަށް ބުނުމުން އޭނާގެ ކިބާގައި އޭނާ ޕީއެޗްޑީ ހެދި ސިވިލް އިންޖިނިއަތިން ދާއިރާގެ އިލްމީ ޤާބިލުކަމެއްވެސް ނެތްކަން ހާމަ ވެގެން ދިޔައެވެ.
ނަމަވެސް އާމިރު މަންސޫރުމެން ފަދަ މީހުންނަކީ ވިޔަފާރީގައި ބޮޑެތި ކާމިޔާބު ހޯދާފައިވާ ފަރާތެކެވެ. މުއިއްޒު ވިޔަފާރި އެއް ގޮތުގައި ހިންގާ ދިމްޔާތަކީ އޭނާގެ ވިޔަފާރިއެއް ނޫނެވެ. އެއީ އޭނާގެ ބައްޕާފުޅުގެ ވިޔަފާރިއެވެ. އެތަން އަޅާފައިވަނީ ޗައިނާއަށް ގެނައި މުދަލުން ޑިޔުޓީ ފުރީކޮށް “ދިމްޔާތު” ޖަހައިގެން ގެނެސްފައިވާ ހުރި މުދަލުންކަން، އެމްޕީއެލް އާއި ކަސްޓަމުގެ ލިޔެކިޔުންތަކުން ސާފުވާން މިހާރުވެސް އެބަހުއްޓެވެ.
ރިސޯޓު އަދި ސަފާރީ ވިޔަފާރީގައި ހަރަކާތްތެރިވާ އާމިރު އެ މަސައްކަތް ކުރަނީ އިލްމާއި ހިލްމު ހުރެގެންނެވެ. އޭނާ މި ޚިޔާލުތައް ފާޅުކުރެއްވީ ޓޫރިޒަމް ވިޔަފާރިވެރިންގެ ގްރޫޕެއްގައެވެ. އެ ގްރޫޕުގައި ދެއްކެވި ވާހަކަތަކުގެ ސްކްރީންޝޮޓުތައް މިހާރު ވަނީ އާންމުވެފައެވެ. “ދިޔަވަރު” އަށްވެސް މި ސްކްރީންޝޮޓުތައް ލިބިފައިވެއެވެ.
“އެކުއިޒިޝަން ކޮސްޓާއި ޓީޖީއެސްޓީ އާއި އާމްދަނީގެ ޓެކްސްގެ އިތުރުން ބިމު ކުލި ވެސް ވިޔަފާރިވެރިން ދައްކާ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ދެނީ ސުމެއް” ކަމަށް އާމިރު ވިދާޅުވިއެވެ.
ސިވިލް ސާވެންޓުންގެ މުސާރަވެސް މި ދެވެނީ ރިސޯޓު ތަކުން ނަގާ ޓެކްސް އިންނެވެ.
މިކަމާ ގުޅިގެން 50 ރިސޯޓަކުން ވަނީ އެމްއެމްއޭއަށް ސިޓީ ފޮނުވައި، އާ ގަވާއިދަށް އަމަލުނުކުރެވޭނެ ކަމަށް އަންގާފައެވެ. މީގެ ތެރޭގައި ޔުނިވާސަލް ރިސޯޓްސް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ފަދަ ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ. ސިޓީ ފޮނުވި ގިނަ ރިސޯޓުތަކަކީ ދިވެހި ވިޔަފާރިވެރިން ހިންގާ ތަންތަނެވެ.
އާ ގަވާއިދުގެ ދަށުން:
ރިސޯޓުތަކާއި ސަފާރީތަކަށް ވަންނަ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަންޖެހޭ
ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ބޭންކުން މާރުކުރަންޖެހޭ
މާރުކުރާ ޑޮލަރުގެ 40% ބޭންކުތަކުގައި ބަހައްޓަންޖެހޭ
60% އެމްއެމްއޭއަށް މާރުކުރަންޖެހޭ
ވިޔަފާރިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަސްލަހަތުވެރިންނާ މަޝްވަރާނުކޮށް މި ގަވާއިދު އެކުލަވާލުމެވެ. އަދި މިކަމުގެ ސަބަބުން މުވައްޒަފުންގެ މުސާރަ ކުޑަކުރަން މަޖުބޫރުވެ، ވިޔަފާރި ހިންގުމަށް ބުރޫއަރާނެކަމަށް އެފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ