ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހައި ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް ހައި ކޯޓުން ތާވަލު ކޮށްފިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގެ ހުކުމް ކުރުން ތާވަލު ކޮށްފައިވަނީ މިއަދުގެ ހަވީރު 16:00 ށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފާސްކޮށް މަޖިލީހަށް ހުށައެޅީ 48 މެންބަރުންގެ ސޮޔާއިއެކުއެވެ.
Advertisement
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާކަމަށް ޕާލަމެންޓްރީ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.
އަދި މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ރައީސް ނަޝީދު ހުއްޓުވިކަމަށާއި، އަލުން ޖަލްސާތައް ފެށީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދަ ޑިމޮކްރެޓްސް އަދި އެމަނިކުފާނު މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހުކަމަށްވެސް ބުނެފައިވާއިރު އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމަނިކުފާނު އެމްޑީޕީއަށް ގެއްލުން ދެމުންދާ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ހުކުމް މިއަދު ހަވީރު އިއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ