ރާއްޖޭގެ މޫސުން ގޯސް؛ ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން މިދަނީ 2 މޫސުން ބެދޭ ވިއްސާރަކަމަށެވެ. މިވިއްސާރަ ކުރިއަށްއޮތް 2 ދުވަހަށް ދެމިގެންދާނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ލ.އަތޮޅަށް މިރޭ 10އެއް ޖެހުމާ ހަމައަށް ވައިޓް އެލާރޓްވެސް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްކަމަށެވެ. މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތުން ވައިޖެހޭނީ އުތުރާއި މެދުރާއްޖެ ތެރެއަށް 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް 40 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގައިވެސް 40 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. ކަނޑުތައް ހުރިހާ ހިސާބަކަށްވެސް ގަދަވާނެކަމަށް.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ