އެސްޓީއޯ ސްކޫލް ބޭންޑް ފެސްޓިވަލަށް ތައްޔާރުވާން ހަރަކާތެއް ހިންގައިފި

އެސްޓީއޯއިން އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާ "އެސްޓީއޯ ސްކޫލް ބޭންޑް ފެސްޓިވަލް" އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު ބޭންޑް ފެސްޓިވަލް އެއް ބާއްވައިފި އެވެ.
އެސްޓީއޯއާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ އާއި، އެޑިއުކޭޝަން ގުޅިގެން މިއަދު ހަވީރު ބޭއްވި މި ފެސްޓިވަލްގައި މާލޭގެ ހަތް ސުކޫލަކުން ވަނީ ބައިވެރިވެފަ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ބޭންޑް ފެސްޓިވަލަކީ އަންނަ އަހަރު އެކުންފުނިން ފެށުމަށް ހަމަޖެހިފައިވާ "އެސްޓީއޯ ސްކޫލް ބޭންޑް ފެސްޓިވަލް" އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފެސްޓިވަލްއެއް ކަމަށެވެ. އަދި މިފެސްޓިވަލްގެ މަޤްސަދަކީ ރާއްޖޭގެ ސްކޫލްތަކުގެ ބޭންޑްގެ ހަރަކާތްތައް އިތުރުކުރުން ކަމަށެވެ.
މިއަދު މި ހަރަކާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ސްކޫލްތަކުގައި ތައުލީމް ހާސިލްކޮށް ނިންމާ އެންމެ މޮޅު ދަރިވަރުނަކީ އެސްޓީއޯގެ މުވައްޒަފުންނަށް ހެދުމަކީ އެ ކުންފުނިން ކުރާ އުއްމީދެއް ކަމަށާއި އެސްޓީއޯގެ ޓީމާ ގުޅިގެން ކުރިއަށް ދިޔުމަށް ސްކޫލްތަކުގެ ދަރިވަރުންނަށް އެދޭ ކަމަށެވެ.
މިއަދު ހަވީރު 4:00 ޖެހިއިރު އާޓިފިޝަލް ބީޗްގައި ބޭއްވި މި ސްކޫލް ބޭންޑް ފެސްޓިވަލް ނިންމާލާފައިވަނީ ހަވީރު 6:00 ޖެހިއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ