ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އެއްމަސްދުވަހަށް އިތުރުކޮށްފި

ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އިތުރު ކުރުމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އެއްމަސް ދުވަހަށް އިތުރުކުރުމަށް ދާދިދެންމެއަކު ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ސަބްސިޑީއަށް އެދުމުގެ މުއްތަދު ދެން ހަމަވާނީ އަންނަ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ. ކުރިން އެ މުއްދަތު ހަމަވާގޮތަށް މާދަމާގެ ނިޔަލަށެވެ.
ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ސަބްސިޑީއަށް އެދުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާއިރު އެންސްޕާއިން ކުރިން ބުނެފައި ވަނީ ސަބްސިޑީއަށް އެދުމުގެ މުއްދަތު އިތުރުނުކުރާނެ ކަމަށެވެ.
ކަރަންޓް ސަބްސިޑީ މީގެކުރިން ވިޔަފާރިކުރާ ތަންތަނަށް ދެމުންދިއަނަމެސް މިދިޔަ މަހުން ފެށިގެން ވަނީ ވިޔަފާރިތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލާފަ އެވެ. ސަބްސިޑީ ކަނޑާލުމުގެ ސަބަބުން މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެގެން ބައެއް ރަށްރަށުގެ ފިހާރަތައް ބަންދުކޮށް މުދަލުގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ