0-2 ގެ ނަތީޖާއަކުން ވުލްފްސްބާގްގެ މައްޗަށް ކުރި ހޯދާ ބްރޫޝިއާ ޑޯޓްމަންޑް ޖަރުމަނު ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލްޖެހީ މެޗުގެ 12 ވަނަ މިނެޓްގައެވެ. ރެއުސް ދިން ޕާހަކުން މި ގޯލް ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ ހެންރިކް މިހްތަރްޔާން އެވެ.
ޑޯޓްމަންޑުން މި މެޗުގައި ދެވަނަ ގޯލްޖެހީ މެޗުގެ 43 ވަނަ މިނެޓްގައެވެ. ރެއުސް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވެންޑޯސްކީ އެވެ. މިއީ ލެވެންޑޯސްކީ ޑޯޓްމަންޑަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލްކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.
3 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޑޯޓްމަންޑަށް ވަނީ މި މެޗުގެ ދެވަނަ ހާފްގައި ވެސް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ޑޯޓްމަންޑް ބައްދަލުކުރަން ޖެހޭ ޓީމެއް އެނގޭނީ މިރޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބަޔާން މިއުނިކާއި ދެވަނަ ޑިވިޝަނުގެ ޓީމެއް ޓީމެއް ކަމަށްވާ ކެއިސާސްލައުޓާންއާއި ކުޅެގެން މޮޅުވާ ޓީމަކާއިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގަ އެވެ.
ވުލްފްސްބާގްގެ މައްޗަށް ކުރި ހޯދާ ޑޯޓްމަންޑް ޖަރުމަނު ކަޕްގެ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ