ކޭސްތައް ދަށަށް ނުދާ ނަމަ ލޮކްޑައުން ކުރަން ޖެހިދާނެ: ޑރ. ޝަހީދު
ކޭސްތައް ދަށަށް ނުދާ ނަމަ ލޮކްޑައުން ކުރަން ޖެހިދާނެ: ޑރ އަހްމަދު. ޝަހީދު ވިދާޅުވެއްޖެ އެވެ.އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ފާއިތުވި ހަފްތާގައި ޕޮޒިޓިވްވި މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް ގޮސްފައި ވާ އިރު، މިއީ ވޭތުވެދިޔަ ދޮޅު އަހަރު ތެރޭގައި ވެސް ހަފްތާއަކަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފްތާ ކަމަށެވެ.އެހެންކަމުން ރާއްޖޭގެ ނަންބަރުތައް ދަށް ކުރުމަށް އަދިވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި ކޭސްތައް ދަށަށް ނުދާ ނަމަ ލޮކްޑައުން ކުރަން ވެސް ޖެހިދާނެ ކަަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.މީގެ އިތުރުން އޭނާ ވިދާޅުވީ ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓުތަކުގައި ވެސް ރަނގަޅީ އޯޕަން ތަންތާގައި ކައިބޮއެ ހެދުން ކަމަށެވެ. އަދި ގޭގެއަށް ޒިޔާރަތް ކުރުމަކީ ވެސް މިހާލަތުގައި ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ